މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް
ލަންދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ލަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުމުގެ ގޮތުން ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކު މިނިސްޓަރ ޢަބްދުﷲ ރާފިޢުއާ މިއަދުގެ މަޖިލީހުގައި ސުވާލު ކުރިމަތިކޮށްފިއެވެ.
ލަންދޫ ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތް 29 މެއި 2022 ގައި ވަނީ ބަޔަކާ ހަވާލުކޮށްފައި. އެހެން ނަމަވެސް މަސައްކަތް ކުރިއަށްދާ ގޮތެއް ނުވޭ. އެތަނުގެ މަސައްކަތް ހަވާލުވެފައިވާ ފަރާތުން އެމަސައްކަތް ކުރަމުން ދަނީ 65 އަހަރުގެ މީހަކާ ވެހިކަލްއެއް ބޭނުންކޮށްގެން، އެ ދަނޑަށް އެ ރަށު ޒުވާނުން ދީފައިވާ ނަމަކީ ސްޓޭޑިއަމް 65. އެހެންކަމުން އަޅުގަނޑުގެ ސުވާލަކީ ސްޓޭޑިއަމް 65 ނިމޭނީ ކޮން އިރަކުންތޯ؟ - ސުވާލު ކުރަމުން ޙުސްނީ ވިދާޅުވިއެވެ.
ޖަވާބުގައި ސްޕޯޓްސް މިނިސްޓަރ ވިދާޅުވީ، ޕްރޮޖެކްޓްތައް ނިމޭ ވަރަށް ފައިސާ އެލޮކޭޓްކޮށްފައި ނުހުންނަ ކަމަށާއި، މަސައްކަތް ފަށައި ދެވަނަ ޕޭމަންޓަކާ ހަމައަށް ދާއިރު ފައިސާ ދެވޭނެ ގޮތެއް ނޯންނަ ކަމަށެވެ. ރަށެއްގައި އެންމެ ދަނޑެއް އޮންނަ އިރު މިފަދަ ކަންކަމުގެ ސަބަބުން މަސައްކަތް ހުއްޓުމަކީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
މިކަން އިވެލުވޭޓްކޮށްފައި އަޅުގަނޑު ޢިއްޒަތްތެރި މެމްބަރަށް ޖަވާބު އަރުވާނަން - މިނިސްޓަރ ވިދާޅުވިއެވެ.
ޙުސްނީ އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި އެ ރަށުގައި ތަރައްޤީ ކުރި ފުޓްސަލް ދަނޑު ހަލާކުވެ، ވޭތުވެދިޔަ 5 އަހަރު އެއްވެސް މަރާމާތެއް ކޮށްފައިނުވާ ކަމަށާއި، އެރަށު ޒުވާނުންނަށް ކުޅިވަރު ކުޅޭނެ އެއްވެސް ވަޞީލަތެއް މިހާރު ނެތް ކަމަށެވެ.
ލަންދޫ ގައި ކުޅިވަރު ކުޅޭނެ އެއްވެސް ވަޞީލަތެއް ނެތުމުގެ ސަބަބުންނާއި، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ލަންދޫއާ މެދު ވަރަށް ބޮޑަށް އިޙުމާލުވެފައިވާތީ އެރަށު ރައްޔިތުންނާއި ޙާއްޞަކޮށް ޒުވާނުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް