ވާނުވާއަށް ގެންނަ ހައްލު: ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް ކަފާލާތަށް އެދެވޭނެ !

މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ

ތަޙުޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުކޮށްފައިވާ ފަރާތްތަކަށްވެސް ކަފާލާތަށް އެދެވޭ ގޮތަށް ޖިނާޢީ އިޖުރާޢަތު ޤާނޫނަށް އިސްލާޙު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ މި ބިލް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް އެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ހިމެނޭ 10 މާއްދާއަކަށް ގެންނަން ނިންމާފައިވާ މި އިސްލާޙުތަކާއި ގުޅޭގޮތުން މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޙުސްނީ ވިދާޅުވީ، ޤާނޫނުގައި މިހާރު އެކުލެވޭ ކަފާލާތުގެ އާއްމު އުޞޫލުތަކާއި، ތަޙުޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާ ގުޅޭ އުޞޫލުތައް އިސްލާޙު ކުރުމާއި، އަދި ހަމަ އެހެންމެ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކުރުމަށްފަހު ވަކި މަޖިލީހެއްގައި އަދަބު ކަނޑައަޅާ ޙާލަތުގައި ކަފާލާތުގެ ދަށުން ދޫކޮށް ދިނުމަށް އެދެވޭނެ ޙާލަތްތަކާއި އެކަމުގައި ޢަމަލުކުރަން ޖެހޭ އިޖުރާޢަތު ޤާނޫނުގައި ހިމެނުމަށްޓަކައި ގެންނަން ޖެހޭ އިސްލާޙުތަކާއި، ހަމަ އެހެންމެ ކުށް ސާބިތުވެ ޙުކުމެއް ކަނޑައެޅިފައިވާ މީހަކަށް އިސްތިއުނާފުގެ މަރުޙަލާގައި ކަފާލާތުގެ ދަށުން ދޫކޮށް ދިނުމަށް އެދެވޭނެ ޙާލަތްތަކާއި، އެކަމުގައި ޢަމަލުކުރަން ޖެހޭ އިޖުރާޢަތުތައް ޤާނޫނުގައި ހިމެނުމަށްޓަކައި ގެންނަން ޖެހޭ އިސްލާޙުތައް ގެނައުމަށް މި ބިލްގައި ހުށަހެޅިފައިވާ ކަމަށެވެ.

ޢިއްޒަތްތެރި ރައީސް. ޖިނާޢީ ކުށެއް ސާބިތުވެފައިވާ މީހުން އިސްތިއުނާފީ މަރުޙަލާގެ ތެރޭގައި ކަފާލާތުގެ ދަށުން ދޫކުރުމަކީ ދީމިޤްރާތީ މުޖުތަމަޢުތަކުގައިވެސް ޢަމަލުކުރަމުންދާ އުޞޫލު. އެގޮތުން ކަފާލާތުގެ ދަށުން މީހުން ދޫކުރަނީ އެކަމަށް ޙާއްޞަ ޤާނޫނުތަކެއްގެ ތެރެއިން. - ޙުސްނީ ވިދާޅުވިއެވެ.

މީގެ އިތުރުން ހުސްނީ ވިދާޅުވީ، ވާނުވާއަށް ހައްލެއް ގެނައުމަކީ މި ސަރުކާރުގެ ވަޢުދެއް ކަމަށާއި އެކަމަށްޓަކައި ޑރ މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވާ ކަމަށެވެ.

ތަޙުޤީޤު މަރުޙަލާގައި މައްސަލަތައް ހިނގަމުންދާއިރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި މީހުން ތިބޭ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ކޯޓުތަކުގެ ވަޞީލަތްތައް ހުރި ގޮތުން މައްސަލަތައް ހިންގުމަށް ދިގު މުއްދަތެއް ނަގާތީ ގިނަ ބަޔަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އެބަ ޖެހޭ. އެހެންކަމުން ވާނުވާ އަށް ހައްލެއް ގެނައުމަކީ މި އިސްލާޙު ހުށަހަޅާ އެއް ސަބަބު. ޝަރީޢަތް ނިމެންދެން ބަންދު ކުރުމަކީ އިތުރު އެހެން ގޮތެއް ނެތިގެން މެނުވީ ކޮށްގެން ވާނެ ކަމެއް ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެ ޙާލަތްތައް ވީހާވެސް ބޮޑަށް މިނިމައިޒްކޮށްގެން އެމީހާ ޤައިދު ކުރެވިފައި ބެހެއްޓުން އެއީ އެންމެ ރަނގަޅު ގޮތަކީ. - ޙުސްނީ ވިދާޅުވިއެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

20 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

23 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy