ވާނުވާއަށް ޤާނޫނީ ފަރުވާ: ޖިނާޢީ އިޖުރާޢަތަށް މުޙިއްމު އިސްލާޙުތަކެއް!

މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް

ކަފާލާތުގެ އުސޫލުތަކާއި ހެއްކާގުޅޭ ހަރުދަނާ އިސްލާހުތަކެއް ހިމެނޭހެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

ކަފާލާތުގެ އުސޫލުތަކާއި ބަންދާމެދު ގޮތް ނިންމުމުގެ ކަންކަމަށް އިސްލާހުތަކެއް ހިމެނޭހެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލް ސްޕޮންސާ ކުރެއްވީ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ މަޝްހޫރު ގާނޫނީ ވަކީލް ހުސްނީ މުބާރަކެވެ.

މި ބިލް މަޖިލީހަށް ތައާރަފްކޮށް މިއަދު ވަނީ މިބިލްގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކުރުން ކަމަށެވެ.

އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ގާނޫނަކާއި، ނުހައްގުން ޖަލުގައި ބަންދުކުރާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދެވޭނެ ގާނޫނެއް އެކުލަވާލުމުކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކަފާލާތަކީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެއް ކަމަށާއި، ކުށުގެ ތުހުމަތުކުރެވޭ މަރުހަލާ އާއި، އިސްތިއުނާފު މަރުހަލާގައި ކަފާލާތު ލިބުމަކީ ހައްގެއް ކަމަށާއި، އެއީ ދުނިޔޭގެ ޑިމޮކްރެޓިކް ގައުމުތަކުގައިވެސް އަމަލުކުރާ އުސޫލުކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

20 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

23 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy