ރައީސް މުއިއްޒު ނޫސްވެރީންނާ ވާހަކަފުޅު ދައްކަވަނީ --
މުޅި ގާޒާގެ ކޮންޓްރޯލް އިޒުރޭލު އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސް، ގާޒާގައި ވަކި ވެރިކަމެއް ކުރަން ނިންމި ނިންމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.
އިޒުރޭލުގެ ކެބިނެޓުން ނިންމާފައިވަނީ މުޅި ގާޒާގެ ކޮންޓްރޯލް ޔަހޫދީ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސް އެތަނުގައި ވަކި ވެރިކަމެއް ހިންގުމަށެވެ.
ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވަނީ މުޅި ގާޒާގެ ކޮންޓްރޯލް ނަގަން އިޒުރޭލުން ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.
ޔަހޫދީން ހިންގަން އުޅޭ އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތަކާ ހިލާފު އަމަލެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ މިނިވަންކަން އެއްކޮށް ގެއްލިގެންދާނެ ކަމަށެވެ.
ރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ މުސްލިމުންނާއެކު ކަމަށް ވިދާޅުވާ ވިދާޅުވުން މި ޕޯސްޓުގައި ވެސް ރައީސް ތަކުރާރު ކުރެއްވި އެވެ.
އާއްޒާގެ ކޮންޓްރޯލް ނަގަން ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓުން އެ ނިންމި ނިންމުން ވަގުތުން ހުއްޓުވައިދިނުމަށް ބައިނަލްއަގުވާމީ ދުނިޔެއަށް ގޮވާލައްވާ ކަމަށާއި އަދި ޔަހޫދީން ހިންގާފައިވާ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވާ ދުނިޔެއިން ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ރައީސް މުއިއްޒު ގޮވައި ލެއްވި އެވެ.
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި
މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ
ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި
މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ
ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ކޮމެންޓް