ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި

ރައީސް ޑރ. މުއިއްޒަށް މަރުގެ އިންޒާރު ދީގެން ހައްޔަރު ކުރި މަސީހު މޫސާ: ފޮޓޯ/ ފުލުހުން

ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މީހާ މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާއަށް ނިންބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ ތ. ތިމަރަފުށީ މަލަސް، މަސީހު މޫސާ، 25، ކަމަށެވެ. އަދި އޭނާގެ ފޯނު ވެސް ފުލުހުންގެ ދަށަށް ވަނީ ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދީފައިވަނީ ރާއްޖެއަށް ޑުރަގު އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމުގެ ވިސްނުންފުޅު އެމަނިކުފާނު ގެންގުޅުއްވާތީ އެވެ.

އެކަމާ ރުޅިގަދަވެގެން ރައީސް، އެހެން ވިދާޅުވި ހަބަރު ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އެ ޒުވާނާ ބުނެފައިވަނީ އެންމެ ފުރަތަމަ މަރާލަން ޖެހެނީ ރައީސް މުއިއްޒު ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި ވެސް 'އަބްލޯ މިޔާދު ޔޫސެފް' ނަމަކަށް ކިޔާ އެކައުންޓަކުން ވަނީ ރައީސަށް މަރުގެ އިންޒާރު ދީފަ އެވެ.

އދ.ގެ ގައުމީ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދިޔަ އިވެންޓެއްގައި ރައީސް މުއިއްޒު ތަގުރީރު ކުރައްވަނިކޮށް ފޭސްބުކް ލައިވެއްގައި އެ އެކައުންޓުން ވަނީ ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އޭރު ފުލުހުން ބެލި އެވެ.

ކޮމެންޓް

team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

57 މިނިޓު ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ގަޑިއިރު ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ގަޑިއިރު ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

14 ގަޑިއިރު ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

15 ގަޑިއިރު ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

18 ގަޑިއިރު ކުރިން
team

ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި

19 ގަޑިއިރު ކުރިން
team

މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ

20 ގަޑިއިރު ކުރިން
team

ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި

21 ގަޑިއިރު ކުރިން
team

މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ

22 ގަޑިއިރު ކުރިން
team

ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

1 ދުވަސް ކުރިން
team

ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy