—-
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ހއ. އިހަވަންދޫގައި ބާއްވާ އިހަވަން ފުޓްސަލް ޗެލެންޖް ފަށައިފިއެވެ.
ޖުމުލަ 8 ޓީމެއް ވާދަކުރާ މިމުބާރާތް ފަށާފައިވަނީ ޖުލައި 25 ވަނަ ދުވަހުގެ ރެއެވެ.މި މުބާރާތުގެ ފުރަތަމަ މެޗުތައް ކުޅެވިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން ބޮޑުމަގާއި ރަނަރަޕް އެންވީކޭ މުބާރާތް ފަށާފައި ވަނީ ކާމިޔާބު ނަތީޖާތަކަކާއެކުއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި އެންވީކޭ އަދި ސެންސިޓީ ވާދަކުރި އިރު 8-0 ގެ ބޮޑު ނަތީޖާއަކުން މި މެޗު ކާމިޔާބުކުރީ އެންވީކޭއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އެންވީކޭގެ މާއިސް (މައްޓު) އެވެ.
ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ބޮޑުމަގު ޓީމުން ވަނީ ވަރަށް ކާމިޔާބުކަމާއެކު މުބާރާތުގެ ދަތުރު ފަށާފައެވެ. ފުރަތަމަ މެޗުގައި ޔުނައިޓެޑް ޔޫތާއި ވާދަކޮށް 5-3 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު ދެވަނަ މެޗުގައި ކުޅިމަގާއި ބައްދަލުކޮށް 6-1 ގެ ނަތީޖާއަކުން ބޮޑުމަގު ވަނީ މިމެޗު ވެސް ކާމިޔާބުކޮށްފައެވެ. މި ދެމެޗުގެ ވެސް މޭން އޮފް ފަ މެޗަށް ހޮވުނީ ބޮޑުމަގު ޓީމްގެ އަޔާޒް (އަޔާ) އެވެ.
މުބާރާތުގައި ވާދަކުރާ ޔުނައިޓެޑް ޔޫތު ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި މިސްކިތް މަގު ޓީމާއި ވާދަކޮށް 11-1 ގެ ނަތީޖާއަކުންމޮޅުވިއިރު މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޔުނައިޓެޑް ޔޫތުގެ ސާމިންއެވެ.
ބޮޓަފޮގޯ ޓީމުން ފަސްގަނޑާއި ދެކޮޅަށް ކުޅުނު މެޗުން 7-1 ކުންމޮޅުވެފައިވާއިރު، ކުޅިމަގު ވަނީ ކުޅުނު މެޗުން ބަލިވެފައެވެ. ބޮޓަފޮގޯ އަދި ފަސްގަނޑު ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ބޮޓަފޮގޯ ޓީމްގެ އަޖްމަލްއެވެ.
މިއަދު މިމުބާރާތުގެ 2 މެޗެއް ކުޅެވިގެންދާނެއެވެ. ފުރަތަމަ މެޗުގައި އެންވީކޭ އަދި ފަސްގަނޑު ބައްދަލު ކުރާއިރު ދެވަނަ މެޗުގައި ބޮޓަފޮގޯ ނުކުންނާނީ ސެން ސިޓީއާ ދެކޮޅަށެވެ.
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި
މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ
ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި
މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ
ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ކޮމެންޓް