މާރަންދޫ ކައުންސިލް ކަޕް؛ ޔަންގް ވޯރިޔާރސްއަށް މުބާރާތް ނިމިއްޖެ

—-

މާރަންދޫ ކައުންސިލް ކަޕްގެ ހަތްވަނަ މެޗްގައި ޔަންގް ވޮރިޔާސް އަދި އިހާގޮނޑި ބައްދަލުކުރި މެޗް 1-1 ގެ ނަތީޖާއަކުން މެޗް އެއްވަރުވެއްޖެއެވެ.

މި ނަތީޖާއާއެކު، ޕޮއިންޓްގެ ގޮތުން މި ދެ ޓީމް އެއްވަރުވި ނަމަވެސް އިހާގޮނޑިއަށް މިވަނީ ގްރޫޕް ބީގެ ސެމީފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވެފައެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗްގައި އިހާގޮނޑި އަށް ގޯލް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ އަހްމަދު މުރުތަޞާއެވެ އަދި ޔަންގް ވޮރިޔާސް އިން ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެނަލްޓީއަކުން ޓީމްގެ ކެޕްޓަން އަޙްމަދު ސަޖުވާންއެވެ.

b385884c-8358-4e34-bee8-fe3b2574d6ac.jpeg

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށްވެސް ހޮވުނީ ކެޕްޓަން އަޙްމަދު ސަޖުވާންއެވެ.

މި މެޗް ޝަރަފުވެރިކޮށްދެއްވީ މާރަންދޫ ކައުންސިލްގެ ފުރަތަމަ ދައުރުގެ ކައުންސިލް މެމްބަރ މުޙަންމަދު އިބްރާޙިމްއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރގެ ގޮތުގައި ހަމަޖައްސާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު އަޙްމަދު ނަޞީރުގެ އިތުރުން، އެމްސިކްސް ގިފްޓެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 2000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ފެއާރޕްލޭ ޓީމް، އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، އެންމެ މޮޅު ކޯޗު، އެންމެ އުއްމީދީ ކުޅުންތެރިޔާގެ އިތުރުން، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޮވުމަށްވެސް ހަމަޖެހިފައިވެއެވެ.

6ab50af9-95ec-458e-95e4-079f2e52ff83.jpeg

މި މުބާރާތުގެ އޮންލައިން ޕާޓްނަރަކީ ދެލި އޮންލައިންނެވެ.

މުބާރާތުގެ އެކިއެކި ސްޕޮންސަރުން:

ކިޓް ޕާޓްނަރ: ކިޓްކޯ

ޕްރިންޓިން ޕާޓްނަރ: ލޭޔަރ

ޑިޒައިން ޕާޓްނަރ: ލާނިމް ޑިޒައިން

ސިލްވަރ ސްޕޮންސަރ: ޔުނީކް ކާރވިންސްގެ / ޖޯޒީ

ޓްރެވެލް ޕާޓްނަރ: ސެންޓެކްސް / ސީ ކިންގްސް

އޮފިޝަލް ބޯލް ޕާޓްނަރ: ޖާރޒިއާ

ޑިޖިޓަލް ޕާޓްނަރ: ދިރާޖު

މީގެ އިތުރުންވެސް މި މުބާރާތް ހިންގުމަށް ތަފާތު އެކިއެކި ފަރާތްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓް

team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ގަޑިއިރު ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ގަޑިއިރު ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

2 ގަޑިއިރު ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

15 ގަޑިއިރު ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

16 ގަޑިއިރު ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

18 ގަޑިއިރު ކުރިން
team

ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި

19 ގަޑިއިރު ކުރިން
team

މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ

20 ގަޑިއިރު ކުރިން
team

ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި

21 ގަޑިއިރު ކުރިން
team

މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ

22 ގަޑިއިރު ކުރިން
team

ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

1 ދުވަސް ކުރިން
team

ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy