ސްޕަރ އެމްޑީ ސަޢީދުގެ މައްސަލަ ސީރިއަސްކޮށް ބަލަން ޖެހޭ - ޙުސްނީ

ޙުސްނީ މުބާރިކް

މިދިޔަ ސަރުކާރުން ފެނަކަ ހިންގުން ހަވާލުކުރީ އެއްވެސް މީހަކަށް ކައިރިނުވެވޭވަރުގެ “ސްޕަރ” އެމްޑީއަކާ ކަމަށާއި، މުޙައްމަދު ސަޢީދުގެ މައްސަލަ ސީރިއަސްކޮށް ބަލަން ޖެހޭކަމަށް މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

އަޅުގަނޑުމެންނަށް ފެންނަން މި އޮތީ 4.3 ބިލިއަން ރުފިޔާއިން ކުންފުނި ދަރުވާލާފައި އޮތް ތަން. ކުންފުނި ދަރުވާލާފައި އޮތް އިރު ރައްޔިތުންގެ އަސާސީ ޚިދުމަތް ދެވޭކަށް ނެތް. ކުއްލި މައްސަލަ އަކަށް މިކަން ވެގެން މިއުޅެނީ އެހެން ވެގެން. ގިނަ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑެމުން އެ ދަނީ. ވޯލްޓޭޖް ދަށްވުމުގެ ސަބަބުން ކަރަންޓުގެ އެކި ވަޞީލަތްތައް ހަލާކުވަމުން އެ ދަނީ - މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޙުސްނީ ވިދާޅުވިއެވެ.

ޙުސްނީ އިތުރަށް ވިދާޅުވީ މި މައްސަލަ ތަކަކީ ސީރިއަސްކޮށް ބަލަން ޖެހޭ މައްސަލަތަކެއް ކަމަށާއި، އޭސީސީއަށް އެކަނި މިކަން ދޫކޮށްލައިގެން ފަރުޖެހެން ނެތް ކަމަށެވެ. އަދި 5 އަހަރު ނިމިގެންދާއިރު އޭސީސީއަށް މި ކަންކަމުގެ ހައްދު ހޯދައިނުދެވޭކަމަށްވެސް ޙުސްނީ ވިދާޅުވިއެވެ.

މި ވެރިކަން އައިފަހުންވެސް އަޅުގަނޑު ނިޞްބަތްވާ ދާއިރާއަށްވެސް އަލުން ޖެންސެޓެއް ގެނެސްގެން ޚިދުމަތްދޭން މި ޖެހުނީ. މާފަރުގައި، އިންޓަރނޭޝަނަލް އެއާރޕޯޓެއް ހިންގަމުންދާ ރަށެއްގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. އަދިވެސް ކަރަންޓްގެ ޚިދުމަތް ރަނގަޅު ނުކުރެވޭ. ޓްރާންސްފޯމަރުތައް ބެހެއްޓޭކަށްނެތް. އެތަނުގައި ކޭބަލް އަޅަންވެގެން މަސައްކަތްކުރި ފަރާތްތަކަށް، ކުދި ވިޔަފާރިތައް ކުރި މީހުން އެތިބީ ދަރުވާލާފައި.. ކަރަންޓް ކޭބަލް އެޅި މީހުންނާއި މަގު ކޮނުނު މީހުންނަށް ފައިސާ ނުދީގެން އެމީހުން އެޖެހެނީ ދުވަން - ޙުސްނީ ވިދާޅުވިއެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

20 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

23 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy