ބަލިތަކުން ރައްޔިތުން ރައްކާތެރި ކޮށްދިނުމަކީ ދަނާލެވޭ ބެނާރ އަކުން ފުއްދާލެވެން އޮތް ކަމެއް ނޫން - ޙުސްނީ

ޙުސްނީ މުބާރިކް

ޞިއްހީ ޚިދުމަތުގެ ޤާނޫނަށް މި ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙަކީ ވަރަށް މުޙިއްމު އިސްލާޙެއް ކަމަށާއި، އެކަމުން އެނގިގެން ދަނީ މި ސަރުކާރުން ޞިއްޙީ ޚިދުމަތްތަކަށް ދެއްވާ އަޙައްމިއްޔަތުކަން ކަމަށް މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އެކަން މެނޭޖް ކުރުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާރވިސްއަށް ލިބެން ޖެހޭ ޤާނޫނީ ބާރުތައް ނުލިބި ސިޔާސީ ބަޔަކު އޭގެތެރެއަށް ވަދެގެން ނާޖައިޒް ގޮތެއްގައި ކަންތައްތަކެއް ހާސިލް ކުރަމުން ދިޔަތަން. ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ޚިދުމަތްތައް ލިބިދިނުމަށް ހުރަސް އެޅިގެންދާ ތަން - އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޙުސްނީ ވިދާޅުވިއެވެ.

މީގެ އިތުރުން ޙުސްނީ ވިދާޅުވީ، ޑިރެކްޓަރ ޖެނެރަލްއަށް ލިބިދޭންޖެހޭ ޤާނޫނީ ބާރު ލިބިދީފައިނުވުމުގެ ސަބަބުން އެތައް ގޮންޖެހުންތަކެއް ދިމާވިކަން ކޮވިޑްގެ ޢާލަމީ ވަބާގެ ތެރޭގައި ފެނިގެން ދިޔަ ކަމަށާއި، އެކަންކަން ހައްލު ކުރެވޭނީ ޤާނޫނުގައި އެ ފަރާތުގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް ސާފުކޮށް ބަޔާންކޮށްގެން ކަމަށެވެ.

ޕްރިވެންޓިންގ ހެލްތް ކެއާރގެ ކަންކަން ވަރަށް ރަނގަޅަށް ތަރުތީބު ކުރެވިފައިވާތަން މި އިސްލާހުން އަޅުގަނޑުމެންނަށް އެބަ ފެނޭ. ޕްރިވެންޓިންގ ހެލްތް ކެއާރގެ ނިޒާމު ރާއްޖޭގައި އޮތް މިންވަރަކީ ހަމައެކަނި ހެލްތް ސެންޓަރުތަކުގައި ދަމާލެވޭ ބެނާރއެއް އަޅުގަނޑުމެންނަށް ފެންނަން މި އިންނަނީ. މި މިންވަރަށް ހުއްޓާލާފައި އޮތީ. ބަލި ޖެހުމުގެ ކުރިން ރައްކާތެރިވުމަށްޓަކައި ކަންކަން ތަރުތީބު ކުރަންވީ ގޮތްތަކެއް ބަޔާންކޮށްފައި އެކަމަށް މަސައްކަތް ކޮށްފައެއް ނެތް - ޙުސްނީ ވިދާޅުވިއެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

20 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

23 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy