ދިވެހި ފިލްމު "ކަނބުލޮ" ގެ ސްޕޮންސަރަކަށް އެވޯން
ސެޓާން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން އިން ހުށަހަޅައިދޭ ދިވެހި ފިލްމު "ކަނބުލޮ" ގެ ފުރަތަމަ ސްޕޮންސަރުގެ ގޮތުގައި އެވޯން އާ އެކު ސޮއިކޮށްފި އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ކަމަނާ" ފިލްމު އުފެއްދި ޓީމުން ނެރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކަނބުލޮ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 31ގަ އެވެ.
ފިލްމު "ކަމަނާ" ވެސް ސްޕޮންސާ ކުރި އެވޯން އިން ބުނީ މި ފިލްމު ސްޕޮންސާ ކުރި އެއް ސަބަބަކީ މި ފިލްމަކީ ދިވެހި މުޖުތަމައުގައި ކުޑަކުދިންނަށް ކުރަމުންދާ ގޯނާ އާއި ގެވެށި އަނިޔާގެ ހާދިސާއެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމަކަށް ވުމުން އެ ފަދަ ކަންކަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ސްޕޮންސަރަކަށް ވުމުގެ އިތުރުން އެވޯން އިންވަނީ ފިލްމުގެ ޓިކެޓް ގަންނަ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އެވޯން ގެ ގްލެސިއާ ބެޑްރޫމް ސެޓެއް ދިނުމަށް ނިންމާފަ އެވެ.
އޮގަސްޓް 31 ގެ ކުރިން ބައްލަވައިގަންނަވާ ކޮންމެ ޓިކެޓަކަށް ކޫޕަނެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ގުރުއަތުލުން ކުރިޔަށްގެންދާނީ ފިލްމު ޕްރިމިއާ ހަފުލާގަ އެވެ.
އެވޯން އަކީ ފެންވަރު ރަނގަޅު ޒަމާނީ ފަރުނީޗަރު ރާއްޖެ އެތެރެކޮށް ވިއްކުމުގައި މަގުބޫލުކަން ހޯދާފައިވާ ފަރާތެކެވެ.
"ކަމަނާގެ ކާމިޔާބީއަކީ ވެސް އަޅުގަނޑުމެން މި ފިލްމު ސްޕޮންސާ ކުރި އެއް ސަބަބު" އެވޯންގެ ސީއީއޯ އާމިނަތު ޝިއުނާ ވިދާޅުވި އެވެ.
ފިލްމު "ކަމަނާ"ގެ 200 އަށް ވުރެ، ގިނަ ހައުސްފުލް ޝޯ މުޅިރާއްޖޭގައި ކުރިޔަށް ގެންދިޔަ އެވެ.
"ކަނބުލޮ" ސްޕޮންސާ ކުރުމަށް ބޭނުންވާ ފަރާތްތަކުން ޖުލައި މަހުގެ 10 ދުވަހުގެ ކުރިން ސްޕޮންސަރުންނަށް ހާއްސަ ކުރެވިފައިވާ ނަމްބަރު 7458800 އަށް ގުޅުމަށް ކިޑް ޕްރޮޑަކްޝަންއާއި ސެޓާން ސްޓޫޑިއޯއިން އެދެ އެވެ.
"ކަނބުލޮ" އަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރު ކުރާ ފިލްމެކެވެ.
ޔަޝްފާ އަބްދުލް ގަނީގެ މި ވާހަކައަށް ތައްޔާރު ކުރާ ފިލްމު ކަނބުލޮގެ މަންޒަރުތައް ޝޫޓްކޮށްފައިވަނީ ހދ. ކުޅުދުއްފުށީގެ އިތުރުން ހދ. ނޮޅިވަރަންފަރުގަ އެވެ.
ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ (އާނަންދު)، ވާސިއާ މުޙައްމަދު އަދި މަރިޔަމް ޝަކީލާ އެވެ.
މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު (ކިޑު) އެވެ.
މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.
ފިލްމުގެ ޕްރޮޑިސަރަކީ 2024 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ކަމަނާ" ގެ ޕްރޮޑިއުސަރު އަލީ ޝާނިޒް މުޙައްމަދު އެވެ.
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި
މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ
ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި
މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ
ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ކޮމެންޓް