މޫމިން ފުއާދުގެ "އަބަދަށް" ފިލްމުގެ ޕޯސްޓަރެއް --
ދިވެހި ފިލްމީ އުފެއްދުންތެރި ކަމަށް ޒަލްޒަލާއެއް ގެނުވި ތަޖުރިބާކާރު ޑައިރެކްޓަރު މޫމިން ފުއާދުގެ" އަބަދަށް" ފިލްމުގެ ޓިކެޓް ވިއްކަން ފެށިތާ ހަ ގަޑިއިރު ތެރޭގައި ހުރިހާ ޓިކެޓެއް ވިކި ހުސްވެއްޖެ އެވެ.
މި އަހަރު އޮލިމްޕަހުގައި އެންމެ ފުރަތަމަ އަޅުވަން ހަމަޖެހިފައިވާ އަބަދަށް ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައި ވަނީ މި އޭޕްރީލް 28 ވަނަ ދުވަހު އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ހުސެއިން ނުރައްދީން (ނޫރު) ނާސިރު ބުނީ ފިލްމުގެ ފުރަތަމަ ޝޯ، އާއި ދެވަނަ ޝޯ، އަދި ތިން ވަނަ ޝޯގެ ޓިކެޓު ވިކި ހުސްވެގެން އިތުރު ތިން ޝޯއަށް މިއަދު ހުޅުވާލާނެ ކަމަށެވެ.
"މިއަދު ހެނދުނު 10:00 އިން ފަށައިގެން ހަތަރު ވަނަ، ފަސް ވަނަ، އަދި ހަ ވަނަ ޝޯގެ ޓިކެޓް އޮލިމްޕަހުން ލިބެން ހުންނާނެ، މި ފިލްމަށް ބުކިން ހަދަން ގުޅާނީ 7447555 ހޮޓްލައިން ނަންބަރަށް، މި ނަންބަރަށް ވައިބާ އަދި އެސްއެމްއެސް ކޮށްލައިގެން ވެސް ޓިކެޓަށް ބުކިން ހެދޭނެ، ނޫރު ބުންޏެވެ.
ނޫރު ބުނީ މިހާރު ބުކިން ހަދާފައި ތިބި ފަރާތް ތަކަށް މިއަދު ހެނދުނުން ފަށައިގެން ޓިކެޓް ދޫކުރާނެ ކަމަށެވެ. އެ ގޮތުން ފުރަތަމަ ދޫ ކުރާނީ ކުރިން ބުކިން ހަދާފައި ތިބި މީހުންނަށް ކަމަށާއި އެހެން ފަރާތް ތަކަށް ޓިކެޓް ލިބޭނީ، އޭގެ ފަހަތުން ކަމަށް އޭނާ ބުންޏެވެ.
ޕްރޮޑިއުސަރު ނޫރު ބުނީ ކޮންމެ ދުވަހަކީ ވެސް ވަރަށް ބާރުބޮޑު ދުވަހެއް ކަމަށާއި ފަހަށް މަޑުކޮށްފި ނަމަ، ތިނެއް، އަދި ހަތަރު ވަނަ ޝޯއަށް ޓިކެޓް ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެން ކަމުން ވީހާވެސް އަވަހަށް އޮލިމްޕަހުގެ ކައުންޓަރަށް އައިސް ޓިކެޓް ގަތުމަކީ ނޫރުގެ ވަރަށް ބޮޑު އެދުމެކެވެ.
ފިލްމުގެ ޕްރިމިއާ ނައިޓުގެ ޓިކެޓް ވިއްކީ 200ރ. އަށެވެ. އޭގެ ފަހުން ކޮންމެ ޝޯއަކުން ޓިކެޓް ވިއްކާނީ 150ރ. ގެ މަގުން ކަމަށެވެ.
"ވަރަށް ގިނަ ސަޕްރައިޒުތައް އެބަހުރި، ފިލްމުގެ ޕްރިމިއާ ނައިޓުގައި ވެސް ވަރަށް ބޮޑެތި ސަޕްރައިޒް ހުންނާނެ،" ނޫރު ބުންޏެވެ.
ނޫރު އެން މޫވީސް އިން ގެނެސްދޭ، އަބަދަށް ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އިސްމާއީ ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުޙައްމަދު އާއި ޝާރިފް އަހުމަދުގެ އިތުރުން ސޫޒަން އިބްރާހީމްފުޅެވެ.
މި ފިލްމުގެ ޕްރޮޑަކްޝަން ހުރިހާ މަސައްކަތްތަކެއް މިފަހަރު ކޮށްފައި ވަނީ މިވަގުތު ރާއްޖޭގެ ފިލްމީ ދާއިރާގައި ފިޔަ ޖަހަމުން އަންނަ ޕްރޮޑަކްޝަން ހައުސް އޯކޭޒް އިންކިންނެވެ. އަދި ފިލްމުގެ ސިނަމެޓޯގްރެފީ ބެލެހެއްޓީ ދާއިރާއިން ތަޖުރިބާ ހާސިލު ކޮށްގެން ހުރި ކުޅަދާނަ ކެމެރާމަން ކަނޑި އިބްރާހިމް ވިސާން އެވެ.
މޫމިން ފުއާދު ޑައިރެކްޓް ކޮށްފައިވާ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި ހޭލާ، އާއި ލޫދިފާ، ހޭޕީ ބާތުޑޭ އަދި ނިވައިރޯޅި ފާހަގަކޮށްލެވެ އެވެ.
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި
މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ
ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި
މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ
ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ކޮމެންޓް