---
އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، ޢިރާޤާއި އީރާނާ ދެމެދު ހަަކަތައިގެ ދާއިރާއިން ކުރާ ވިޔަފާރިއަށް ހުރަސް އެޅުމަށް އެމެރިކާއިން ނިންމައިފިއެވެ.
މި ނިންމުމާ ގުޅިގެން، ކަރަންޓާއި ގޭސް ހޯދާނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ބަޣްދާދުން ވަނީ ފަށާފައެވެ. އީރާނުން ކަރަންޓު ގަތުމަށް ޢިރާޤަށް 2018ވަނަ އަހަރުން ފެށިގެން ދީފައިވާ ހުއްދަ ބާޠިލު ކޮށްފައި ވަނީ މާރިޗު 8ވަނަ ދުވަހުއެވެ. މިއީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ނިންމެވުމުގެ ދަށުން އަޅާފައިވާ ފިޔަވަޅެކެވެ.
އީރާނުން މިހާރު ދުވާލެއްގެ މައްޗަށް 50 މިލިޔަން ކިޔުބިކް މީޓަރުގެ ގޭސް ޢިރާޤަށް ފޯރުކޮށްދެއެވެ. ދެ ޤައުމުގެ ދެމެދުގައި ގޭހުގެ ވިޔަފާރި ކުރަމުން ދަނީ ޚާއްޞަ އެއްބަސްވުމެއްގެ ދަށުންނެވެ. 2024ވަނަ އަހަރުގެ މާރިޗު މަހު އެ އެއްބަސްވުމުގެ މުއްދަތު ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އިތުރު ކޮށްފައެވެ. އީރާނާއި ޢިރާޤާ ދެމެދު ކުރާ ގޭހުގެ ވިޔަފާރީގެ އަގު އަހަރެއްގެ މައްޗަށް 4އާއި 5 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.
ޢިރާޤުގެ ކަރަންޓާ ގުޅޭ ވުޒާރާއިން ބުނީ، އީރާނުން ގޭސް އެތެރެ ކުރުމަށް އެމެރިކާއިން ހުރަސް އަޅައިފި ނަމަ، ޢިރާޤުގެ އިންޖީނުގެތަކުން ކަރަންޓު އުފައްދާ މިންވަރު ތިންބައިކުޅަ އެއްބައި ދަށްވާނެ ކަމުގައެވެ. ޢިރާޤުން މިހާރު 27,000 މެގަވޮޓުގެ ކަރަންޓު އުފައްދައެވެ. އެމެރިކާއިން އަޅާފާނެ ފިޔަވަޅެއްގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަ ކުރުމަށް ޢިރާޤުން މިހާރު ވެސް ވަނީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އޭގެ ތެރޭގައި، ލިކުއިފައިޑް ނެޗަރަލް ގޭސް (އެލްއެންޖީ) އުފައްދާ ކާރުޚާނާ ކުއްޔަށް ދޫ ކުރަން ނިންމުން ހިމެނެއެވެ.
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި
މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ
ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި
މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ
ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ކޮމެންޓް