—
އެސުވާލު ތަކުރާރުކޮށް އަރީޝާގެ ހިތުގައި އުފެދެމުން ދިޔައެވެ. އެހިތަށް ކޮށްފައިވާ އަސަރާއި މައުރޫފް އަށް ޓަކާ ވާލޯބި ނުފެނުނީ ކީއްވެގެން ހެއްޔެވެ. އަރީޝާގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އެހާ ފަސޭހައިން އެމީހުންގެ ދިރިއުޅުން ރަނގަޅު ވިޔަކަ ނުދޭނެއެވެ. މައުރޫފް އަށް ދޫމާ އާއި ކައިވެނި ކުރެވިދާނެ އެވެ. އެކަމަކު އެހިތުން ދޫމާ އަށް މަގާމެއް ނުދެވޭނެ ކަން އަރީޝާ އަށް އެނގެއެވެ. އަދިވެސް އަރީޝާ މައުރޫފް ހޯދަން މަސައްކަތް ކުރާނެއެވެ. އެހާ އަވަހަށް ފިނޑިވެ މައިދާން ދޫކޮށް ދާކަށް އަރީޝާ ބޭނުމެއް ނޫނެވެ. ހަޔާތު މައުރޫފްގެ ދިރިއުޅުމުން ނެރެ އެއްލާލި ގޮތަށް ދޫމާވެސް ނެރެ އެއްލާލާނެއެވެ. ދޫމާގެ ހަގީގަތް މައުރޫފް އަށް ނޭނގެނީއެވެ. އެކަމަކު އަރީޝާ އަށް އެހަގީގަތް ފޮރުވިފައެއް ނުވެއެވެ. ދޫމާ ގެ ލޯބީގެ ކުޅިގަނޑު ރަނގަޅަށް އަރީޝާ އަށް އެނގެއެވެ. އަރީޝާ ހަށިފުރާ ނޭވާ އެއްލިއެވެ.
ރޭގައި މައުރޫފް އާއި ދޫމާ ރަންކީ ފޮޓޯ ހަޔާތު އަށް ފޮނުވީވެސް އެހެންވެއެވެ. އޭނަ އެހުރިތަނަކުން އައުމުގެ ކުރިން އެދެބެންގެ ދެމެދުގައި ނަފްރަތުގެ ހުޅު ރޯކުރުމުގެ ބޭނުމުގައެވެ. ހަޔާތު އަށް މައުރޫފް މަތިން ހަނދާން ނައްތާލުމަކީ އުދަގޫކަމެއްކަން އަރީޝާ އަށް އެނގެއެވެ. އެތިންމީހުންގެ މެދުގައި ކުޅެވެމުންދާ ލޯބީގެ މިފިލްމު ބަލަން އަރީޝާ އުފަލުން އިންނާނެއެވެ. އެދުވަހުން އަރީޝާ ހެމުން އަތް ޖަހާނެއެވެ. އެހެން ހިތަށް އެރުމުން އަރީޝާގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ.
"ދަރިފުޅާ އާދޭ ސައިބޯން." ކޮޓަރި ދޮރުހުޅުވާލަމުން ޒޫނާ ގޮވައިލިއެވެ.
"މަންމާ.... ބޮޑުބެ މެންގޭގައި އަލިފާން ރޯވީ ކިހިނެއް؟"ކުއްލިޔަކަށް އަރީޝާ ސުވާލު ކޮށްލިއެވެ.
އަރީޝާގެ އެސުވާލުން ޒޫނާ ގެ މޫނުމަތީގެ ކުލަބަދަލުވެގެން ދިޔައެވެ. އެތަށް އަހަރެއްކުރިން ހިނގާފައިވާ އަލިފާނުގެ ހާދިސާގެ ވާހަކަ ކުއްލިޔަކަށް އަރީޝާ އަހަން ޖެހުނު ސަބަބެއް ޒޫނާ އަކަށް ނުވިސްނުނެވެ.
"މަންމާ... ކޮންހިޔާލެއްގައި؟ކިހިނެއްތަ ބޮޑުބެ ގޭގައި ރޯވީ؟"އަނެއްކާވެސް އަރީޝާ ސުވާލު ކޮށްލިއެވެ.
"މަންމަ އަކަށް ނޭނގެ. ޕޮލިހުން ބުނަނީ ކަރަންޓް ސޯކެޓެއް ތޯއްޗެއް ވީއޭ. ހަގީގަތެއް ނޭނގޭ."ޒޫނާ ބުންޏެވެ.
"މަންމާ... ދެވަނަ އެކަހަލަ ހާދިސާ އެއް ހިނގާފާނެދޯ؟"އަރީޝާ ސުވާލު ކޮށްލިއެވެ.
"ބަލާ ނުލާ އުޅެންޏާ ހިނގާފާނެ؟ ދެން މާގިނަ ވާހަކަ ނުދައްކާ ސައިބޯން ހިނގާ."ޒޫނާ އަވަސް އަވަހަށް ބުންޏެވެ.
"މަންމާ... ކޮބާ ބައްޕަ؟"އަރީޝާ އެނދުމަތީގައި އޮތް ފޯނު ނަގަމުން ސުވާލު ކޮށްލިއެވެ.
"އޮފީހަށް ގޮސްސި. މިއަދު ވެސް މޫޑު އެހާ ރަނގަޅެއް ނޫން."ޒޫނާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުންޏެވެ.
"ކިހިނެއް ރަނގަޅު ވާނީ. ބައްޕަގެ މޫޑު ރަނގަޅު ވިޔަކަ ނުވެސް ދޭނަން، އަހަރެންގެ ލޯބި ބައްޕަ ނީލަން ކީ، 3 މިލިޔަން ރުފިޔާ އަށް... ބައްޕަ އަށް މުހިއްމީ އަހަރެން ނަށް ވުރެން ލާރި."މޫނުމަތިން ހިތްހަމަ ނުޖެހުން ފާޅުވެގެން ދިޔައެވެ.
"ދަރިފުޅާ.... ބައްޕަ އަދި ދަރިފުޅަށް މައުރޫފް ހޯދަ ދޭނެ، ކެތްކޮށްބަލަ."ޒޫނާ އަރީޝާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ޒޫނާ އެހެން ބުނުމުން އަރީޝާ ލޮލުގެ ކަޅި އަނބުރައިލިއެވެ.
"ކޮން ދުވަހަކުން އަހަރެން މުސްކުޅިވީމަތަ؟"އަނގަޔަށް ވައްތަރެއް ޖައްސާލަމުން އަރީޝާ ބުންޏެވެ.
"ދަރިފުޅާ... ތިހެން ނުބުނޭ ނުލާހިކު ރީތި ކުއްޖެއްތީ، އެހާ އަވަހަށް މުސްކުޅިވާން ވެއްޖެތަ؟"ޒޫނާ ބުންޏެވެ.
"ތިބުނަނީ އަހަރެން މިއީ ރެޕަންޒިންގެ އުޅޭ ގޮތެލް ވިޗްތަ؟ ޖާދުލުގެ ބާރުން 400 އަހަރު ވާއިރުވެސް މުސްކުޅި ނުވެ ހުންނަށް." ދެލޯ އަޅާލަމުން އަރީޝާ ބުންޏެވެ.
"ދަރިފުޅާ... އެހާ އަވަހަށް ހިތުގައި ނުޖެހިބަލަ، މަންމަ މިބުނީ މަންމަގެ ދަރިފުޅު ޒުވާން ވާހަކަ... އެހާ އަވަހަށް މުސްކުޅިވާ ވާހަކަ ނުދައްކަބަލަ."ޒޫނާ އަރީޝާ ގެ ބޮލުގައި ލޯބިން ފިރުމާލަމުން ބުންޏެވެ.
އޭނަގެ ދަރިފުޅަށް ވިސްނާދޭނެ ގޮތެއް ޒޫނާ އަކަށް ނުވިސްނުނެވެ. އޭނަގެ ފިރިމީހާގެ ކުރިމަތީގައި ވާހަކަ ދެއްކުމުގެ ބާރެއް އޭނަޔަކަށް ނޯވެއެވެ. ވަހީދު ކަންކުރާނީ ވަހީދު ބޭނުން ވާ ގޮތަކަށެވެ. ވަހީދުގެ ނިންމު މާ ދެކޮޅަށް އޭނަޔަށް ދާކަށް ނުކެރޭނެއެވެ. އެކަމަކު އޭނަގެ ދަރިފުޅުގެ ހިތުގައި އަޅަމުން ދާން ވޭންވެސް ރަނގަޅަށް އިޙްސާސް ކުރެވެއެވެ.
ގަދަކަމުން އަރީޝާ ގޮވައިގެން ބޭރަށް ނިކުމެ ސައިދޭން އުޅުނެވެ. އެވަގުތު ދޮރުހުޅުވާލާފައި ޝަފީނާ އެތެރެއަށް ވަދެގެން އައެވެ. ޒޫނާ އަށް ޝަފީނާ ފެނުމުން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.
"މާ ހެނދުނަކާ ކީއްކުރަން؟"ޒޫނާ ސުވާލު ކޮށްލިއެވެ.
"ދޫމާގެ އެއްޗެހިބަލާ."ޝަފީނާ އެތެރެއަށް ހިނގައިގަންނަމުން ބުންޏެވެ.
"މަށައް ހީވަނީ އަދި އަވަސް އެހެން ކައިވެނި ކުރަން އުޅޭލެއް، ހަޔާތު އާއިމަ ވާނެ ގޮތަކަށްނުވިސްނާދޯ މައުރޫފް އެއް."ޒޫނާ އަހައިލިއެވެ. ޝަފީނާ އާދައިގެ ގޮތަކަށް ހީލިއެވެ.
"ތިހުރިހާ ކަމަކަށް ވެސް މައުރޫފް ވިސްނާނެ، އެހެން ނޫނަސް ރޭގައިވެސް ބުނިން ހަޔާތުގެ ދިރިއުޅުން މިހާރު އެވަނީ ފެށިފައޭ... ރޭން ފަށައިގެން ދޫމާގެ ދިރިއުޅުން ވެސް. އެދޭތެރެއަށް ތެޔޮއަޅާ ރޯކުރަން އުޅޭނެކަމެއް ނެތް، އެއީ ދެބެން... ރަހިމުގެ ގުޅުން ނުކެޑޭނެ،ކަޑުވާލަން ހިތަށް ވެސް ނާރުވާތި."ޝަފީނާ ބަސްތަކަށް ބާރުލަމުން ބުންޏެވެ.
"މީހަކު ނޫޅެ ތި ރަހިމުގެ ގުޅުން ކަނޑުވާލާކަށް... އަހަރުމެން ބަލަން ތިބޭނަށް ކިހާ ދުވަހެއް ވަންދެންތޯ މައުރޫފް ދޫމާ އާއި އެކީގައި އުޅޭނީ، މިހާރު އެއީ އައިސްފަ ހުރި ރުޅިން ކުރަން އުޅޭކަމެއް، ހަޔާތު ފެންނަށް އިރަށް އޭނަގެ އުނގަށް ވެއްޓިގަންނާނެ." ދެލޯ އަޅާލަމުން އަރީޝާ ބުންޏެވެ.
"ތިބުނަނީ މައުރޫފް އަކީ ތިބުނާހާ ވިޔާނުދާ މީހެކޭތަ؟"ޝަފީނާ އަރީޝާ އާއި ސުވާލު ކޮށްލިއެވެ.
"ވިޔާނުދާ ނުވެފައި ކޮބާ؟ ހާޔާތު ލޯމަތިން ގެއްލޭ އިރަށް އޭނަގެ ދައްތަ އަށް ނަޒަރު ހުއްޓުނީ."އަރީޝާ ޝަފީނާ އަށް ބަލާލަމުން ބުންޏެވެ.
"އަރީޝާ އާއި އިންނަށް އައިނަމަ ތިހެނެއް ނުބުނާނަންދޯ؟ އޭރުން މައުރޫފް ވިޔާނުދާވެސް ނުވާނެ."ޝަފީނާ ދެފަރާތަށް ބޯހޫރާލަމުން އަރީޝާ އާއި ދިމާ ލަށް އެހެން ބުނެފައި އެތެރެއަށް ހިނގައިގަތެވެ. ޝަފީނާ ޖާހާލި ބަހުން އަރީޝާ ކުރިޔަށް ވުރެން ރުޅިއައެވެ. ޝަފީނާ ދެކެ އައި ހުރިހާ ރުޅިއެއް ބާލާލީ މޭޒުމަތީގައި ހުރި ތަށިތަކަށެވެ. އަރީޝާ ކުއްލިޔަކަށް މިގެނައި ހަރަކާތުން ޒުނާ ސިހުނެވެ. ދެލޯ ބޮޑު ކޮށްލެވުމާއި އެކީގައި އަނގަވެސް ތަތް މިނަ ހުޅުވި އަޑެއް ލައްވާލެވުނެވެ. ތަށިތައް ފައިބައި ގަތް އަޑަށް ޝަފީނާ ވެސް ހުއްޓި ފަސް އެނބުރި ބަލައިލިއެވެ.
*********************
އަތުގައި އޮތް ގާކޮޅު ފޭރުގަހާއި ދިމާ ލަށް އެއްލިއެވެ. ފަތްތަކުގައި ބާރަށް ޖެހިލާފައި ގާކޮޅު އަނެއްދިމާ ލަށް ދިޔައެވެ. ހަޔާތު ދެލޯ އަޅާލަމުން އުނަގަނޑުގައި އަތް ވިއްދައިލިއެވެ. ތަންކޮޅެއް ދުރުގައި ރުކެއްގައި ލެނގިލައިގެން ހަޔާތުގެ ހަރަކާތް ތަކަށް ބަލަން ފަޒާލް ހުއްޓެވެ. ހަޔާތުއެއުޅެނީ ބަނޑުހައިވެގެން ކަން ފަޒާލް އަށް އެނގެއެވެ.
"ފަޒާލް ލޯބީ. ދެން ފޭރެއް ބިދެދީބަލަ. އަމިއްލަ އަނބިމީހާ ބަނޑަށް މަރާލަންތަ ބޭނުން ވަނީ."ހަޔާތު ތުއިވެލާފައި ފަޒާލް އަށް ބުންޏެވެ.
"ފޭރެއް ބިނދެދޭނީ ކިސް އެއް ދޭ މަތިން." ފަޒާލް ހަޔާތު އާއި ދިމާ ލަށް ހިނގައިގަންނަމުން ބުންޏެވެ.
ފަޒާލް ހަޔާތުގެކުރިމަށްޗަށް ހުއްޓިލިއެވެ. ހަޔާތު އެއްވެސް ޖެހިލުމެއްނެތި ފަޒާލްގެ ކޮނޑުގައި އަތް އަޅުވައިލިއެވެ. އަދި ފައިކުޑަކޮށް ހިއްލާލާފައި ފަލާޒްގެ ކޮލުގައި ލޯބި ކޮށްލިއެވެ.
"މިހާރު އޯކޭތަ؟"ހަޔާތު ލޯބިން އަހައިލިއެވެ.
"އުހުން، ކަމަކު ނުދޭ."ފަޒާލް ހަޔާތު އޭނަޔާ ގާތް ކޮށްލަމުން ބުންޏެވެ.
ސިފަވަމުން ދިޔަ މަންޒަރު ތައް ލޯކުރިމަތިން ގެއްލި ހަޤީޤަތުގެ ތެރެއަށް ގެނުވީ ޖީބުގައި އޮތް ފޯނުގެ ވައިބްރޭޓުންނެވެ. އަވަސް އަވަހަށް ފަޒާން ކުރިމަށް ޗަށް ބަލައިލިއެވެ. އޭރު ހަޔާތުފޭރު ގަހުގެ ތަންކޮޅެއް ވަރުގަދަ އޮފިގަނޑެއްގެ މައްޗަށް އަރާ އިށީންދެ ލައިގެން ދެފައި ހޫރާލަ ހޫރާލާއިނެވެ. އަތުގައި ދޮން ފޭރެއް އޮތެވެ. ފޭރުގަހުގެ ދެންހުރި ފޭރުތަކަށް ބަލާލަމުން އަތުގައި އޮތް ފޭރުގައި ދަތް އަޅައިލިއެވެ. ހަޔާތުގެ ކުޑަކުދިންގެ އެހަރަކާތް ފެނުމުން ފަޒާލްގެ ތުންފަތް މަައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ. ދެންމެ ވެސް އޭނަޔަށް ހޭލާ ހުއްޓާ ހުވަފެނުން ފެނުނީ އެވެ. އަނެއްކާވެސް ފަޒާލްގެ ފޯނު ރިނގުވާން ފެށިއެވެ. ފަޒާލް ފޯނުނަގައި ވާހަކަ ދައްކަން ފެށިއެވެ.
"ބަލާ އަންނާނަންތަ؟"ހަރުކަށި ރާގެއްގައި ސުވާލު ކޮށްލިއެވެ.
"ކޮބާ ކަހޯނާ ޕިޔާރްހޭ ކުޅެނިމުނީތަ؟ ރޭގައި ޓައިޓޭނިކް މިއަދު ކަހޯނާ ޕިޔާރުހޭ، މިހާރު ކިތައް މަސް ފިހެލައިފިންތަ؟"ލާނެއް ރާގަކަށް އަތޫފް ބުނި އަޑު އިވުނެވެ.
"ދެން ސަކަރާތް ޖަހަން ނުހަދަބަލަ، މިއީ ސީރިސް ކަމެކޭ، މިހާރު އޮތީ ފޭރު ގަހަކަށް އަރާ،ތިމީހުން އައުން ލަސްވެއްޖެއްޔާ ރުކަށް ތޯއްޗެއް އަރާނީ."ފޭރުގަހުގެ އޮފިގަނޑުމަތީގައި ފައިހަލުވާލަ ހަލުވާލާ އިން ހަޔާތު އަށް ބަލާލަމުން ފަޒާލް ބުންޏެވެ.
"ވިސްނާތި އެއީ އައިލެންޑް ގަރލް އެއް... ދުބާއީ މޮޑެލް އެއް ނޫން." ޔާސިރުގެ އަޑު އިވިގެން ދިޔައެވެ.
"ކިހާ ދެރަކަމެއް... އަހަރެން ނަށް މިގަރލް ކަމުދެއޭ، ދެން އަވަސް ކޮށްބަލަ ލޯންޗު ފޮނުވަބަލަ."ފަޒާލް ފުންނޭވާ އެއް ލަމުން ބުންޏެވެ.
"މިތިބީ ކަނޑުމަތީގައި، ލޯންޗު ހުއްޓިގެން މިއުޅެނީ، އިތުރު އެއްޗެއް ތިދިމާލަށް އެބަފޮނުވަން، އެކަމަކު އެއީ މަސްދޯންޏެއް އޯކޭވާނެތަ؟" ޔާސިރު އަހައިލިއެވެ.
"މަސްދޯންޏެއް؟"
"އާން، ތިދިމާލާ މާ ދުރު ނޫން ހިސާބެއްގައި އޮތީ، އަރޭގެ މަސްދޯނި، އޭނަ އެބަހުރި އޭގައި، ފަޒާލް އަށް ދިމާވި ކަންތަކުގެ ވާހަކަ ބުނުމުން ހީހީ އޭނަވާ ހަލާކުވެއްޖެ."ޔާސިރު ހެމުން ބުންޏެވެ.
"ތިކުރީ ކީއް؟ މަށައް ނޭވާވެސް ލިޔަ އޭނަ ނުދޭނެ."އެހެން ބުނެލިއިރު ފަޒާލްގެ ތުންފަތް މަތިން ލުއި ހިނިތުންވުމެއް ފާޅުވިއެވެ.
"ކުރަންވީ ހުރިހާ ކަމެއް އަރޭއަށް ކިޔާދީފައި އޮންނާނީ، ހަޔާތު އަށް ކުޑަވެސް ޝައްކެވިޔަކަ ނުދޭނެ އޭނަ."ޔާސިރު ބުންޏެވެ.
"ހޫން... ދެންބަލަމާ."ފަޒާލް ބުންޏެވެ.
ފަޒާލް ފޯނު ބޭއްވުމަށްފަހު ގަހުގައި އޮތް ހަޔާތުއަށް ބަލައިލިއެވެ. ފަޒާލް ގެ ތުންފަތް މަތިން މާނައިން ފުރިގެންވާ ހިނިތުންވުމެއް ވެރިވިއެވެ. އަބަދު ގިސްލާ ރޮއިރޮއި ހުރި ހަޔާތުގެ އާސިފައެއް ފެނުމުން ނެވެ. ހަޔާތު އަތުޖެހޭ ހިސާބުގައި ހުރި ދޮން ފޭރުތަށް ބިނދެގެން މަޑުމަޑުން ގަހުން ފައިބަން އުޅުނެވެ. އަތުގައި ފޭރުތަށް ހުރުމުން ރަނގަޅަށް އޮފިގަނޑުގައި ހިފާނުލެވި އަރި އަޅައިލިއެވެ. އަދި ފައިކައްސާލައިގެން ތިރިޔަށް ވެއްޓެން ދިޔައެވެ.
"މަންމާ...."ވަރަށް ބާރަށް ހަޔާތުއަށް ގޮވައިލެވުނެވެ. ހަޔާތު ބިންމަތީގައި ނުޖެހި މީހެއްގެ އަތުތެރެއަށް ވެއްޓުނެވެ.
ހަޔާތު ބިރުން ދެލޯ މަރާ ފިއްތާލައިގެން އޮތެވެ. ބިމުގައި ނުޖެހި މީހަކު އޭނަ ހިފިކަން އެނގުމުން މަޑުމަޑުން ލޯ ހުޅުވައިލިއެވެ. އަދި ވެއްޓިދާނެތީ ފަޒާލްގެ ކަރުގައި ހިފަހައްޓައިލެވުނެވެ. ފަޒާލް ހަޔާތުގެ މޫނަށް ނުބަލާ އަނެއްފަރާތަށް މޫނު އަނބުރައިލައިގެން ހުއްޓެވެ.4ކަޅިހަމަވެއްޖެއްޔާ ވާނެގޮތެއް ނޭނގޭތީއެވެ.
"އަހަރެން ގައިގައި އަތް ނުލާށޭ ބުނިންދޯ."ރުޅިވެރި ރާގެއްގައި ހަޔާތު ބުންޏެވެ.
ފަޒާލް ކަރުކެހިލާފައި އަނޑަށް ގޮތެއް ހަދާލަމުން ހަޔާތު އަށް ބަލައިލިއެވެ. އޭރު ހަޔާތުގެ ދެބުމަ ގާތް ކުރެވިފައިވީ ހިނދު ނިތަށް ވަނީ ރޫގިނަވެފައިއެވެ.
"ކޯއްޗެއް ތިބަލަނީ." ހަޔާތު ހަރުކަށި ރާގަކަށް އަހައިލިއެވެ. ފަޒާލް އަށް އެއްޗެއް ބުނާނެ ފުރުސަތު ނުދީ ހަޔާތު ވާހަކަ ދައްކަން ފެށިއެވެ.
"ކަލޭގެ ނިޔަތް މަށައް މިހާރު އެނގިއްޖެ، އަހަރެން ވެއްޓެން ދޫ ކޮށްލިނަމަ. ކޮންމެހެން އަހަރެންގެ ގައިގައި އަތްލަން ބަހަނާ އެއް ދައްކާނެ ކަމެއް ނެތް."ހަޔާތު ރުޅިއައިސްފައި ބުންޏެވެ.
ފަޒާލް ގެ ދެބުމަވެސް ގާތް ކޮށްލެވުނެވެ. އަދި ތުންފަތް މައްޗަށް ލާނެއް ހިނިތުން ވުމެއް ގެންނަމުން ދޮންވެލިގަނޑުމައްޗަށް ހަޔާތު ގެ ހަށިގަނޑު ދޫކޮށްލިއެވެ. ހަޔާތުދޮންވެލިގަނޑުމަށްޗަށް ޖެހުމުން އުނަގަނޑަށް ތަދުވިއެވެ.
"އައްދިއްޔޯ. ކޮންކަހަލަ މީހެއް؟"ހަޔާތު ބުންޏެވެ. ފަޒާލް ހަޔާތު އަށް ބަލާލުމެއް ނެތި ކުރިޔަށް ހިނގައިގަތެވެ. އޭރުވެސް ފަޒާލްގެ ތުންފަތް މަތީގައި ވަނީ ލާނެއް ހިނިތުންވުމެކެވެ.
"ބަލަން ހުންނާތި، އަހަރެންގެ ފިރިމީހާ ތީނަ ދުލެއް ނުކުރާނެ."ވަރަށް ބާރަށް ހަޔާތުބުންޏެވެ. އަދި ވެލިގަނޑުގެ މަތިން ތެދުވެ ވެލިފޮޅައިލިއެވެ. އެއާއި އެކީގައި އުނަގަނޑުގައި ފިރުމައިލިއެވެ.
ހަޔާތު އެހެން ބުނުމުން ފަޒާލް ހުއްޓިލިއެވެ. އެކަމަކު ފަސް އެނބުރި ބަލައެއް ނުލައެވެ. ފަޒާލް އުފާވެރި ގޮތަކަށް ހީލިއެވެ. ފަޒާލް ހަޔާތު އާއި ވާހަކަ ދައްކަން ބޭނުންވެއެވެ. އެކަމަކު އޭނަގެ އަޑުން އެއީ ކާކުކަން ދެނެގަންނާކަށް ހަޔާތު އަށް ސިކުންތެއްވެސް ނުނަގާނެކަން އޭނަ ދެނަހުއްޓެވެ. މޫދަށް ވެއްޓިތެމިފައިވުމުގެ ސަބަބުން އޭނަގެ ގައިން ސެންޓުވަހެއް ނުދުވައެވެ. އެހެން ކަމުންވެސް ހަޔާތު އަށް އޭނަ އެއީ ކާކުކަން ދެނެގަންނަން ދަތިވާނެކަން އޭނަ ޔަށް އެނގެއެވެ. ފަޒާލް ހުރިތަނަށް ތިރިވެލާފައި ވެލިގަނޑުގެ މަތީގައި އެއްޗެއް ލިޔެލިއެވެ. އަދި ފަސް އެނބުރި ހަޔާތު އަށް ބަލައިލިއެވެ. ހަޔާތު ވެލިގަނޑާއި ދިމާލަށް ބަލައިލިއެވެ. އަދި ފަޒާލް އަށް ބަލައިލިއެވެ. ފަޒާލް އަތުގެ އިޝާރާތުން ލިޔުން ދައްކައިލިއެވެ. ހަޔާތު މަޑުމަޑުން ކުރިޔަށް ޖެހިލިއެވެ. އަދި ވެލިގަނޑުގެ މަތީގައި ލިޔެފައިވާ ލިޔުން ކޮޅު ކިޔައިލިއެވެ.
"ތިހާ ކެއާރކުރާ މީހަކު ކީއްވެ މޫދަށް މަރުވަން ދޫކޮށްލީ؟"ފަޒާލް ލިޔެފައިވާ ލިޔުމުގައި އޮތެވެ.
"އޭނަ ޔަކަށް ނޭނގޭނެ އަހަރެން މޫދަށް ވެއްޓުނު ކަމެއް."ހަޔާތު އަވަސް އަވަހަށް ބުންޏެވެ.
ހަޔާތު އެހެން ބުނުމުން ފަޒާލް ވިސްނައިލިއެވެ. ހަޔާތު ގަސްތުގައި މޫދަށް ފުންމާލީ ނޫންކަން އެނގުމުން އުފާވިއެވެ. އޭނަ ހީކުރީ މައުރޫފް އާއި ދޫމާގެ ކައިވެނީގެ ހަބަރު ލިބުމުން އެކަމުގެ ހިތާމައިގައި މޫދަށް ފުންމާލީކަމުގައެވެ. ފަޒާލް ޖީބުން ފޯނު ނެގިއެވެ. އަދި ފޯނުން ނޯޓްގައި އެއްޗެއް ލިޔެލިއެވެ. އަދި ހަޔާތު އަށް ދައްކައިލިއެވެ.
"އެހެން ވިއްޔާ އަހަރެން ތިމަންޖެ ސަލާމަތް ކުރީމައި އިނާމު ދޭން ވާނެދޯ."ފަޒާލް ލާނެއް ގޮތަކަށް ތުންފަތް މައްޗަށް ހިނިތުންވުމެއް ގެންނަމުން ހަޔާތު އަށް ބަލައިލިއެވެ. ހަޔާތު ފޯނުން ފެންނަން އޮތް ލިޔުން ކޮޅު ކިޔައިލުމަށް ފަހު ފަޒާލް އަށް ބަލައިލިއެވެ.
"ސަލާމަތް ކުރީމައޭ؟"ހަޔާތު ޙައިރާން ވިއެވެ. ފަޒާލް އަނެއްކާވެސް ނޯޓްގައި ލިޔެލިއެވެ.
"އާން. ސަލާމަތް ކުރީމައި. ރޭގައި މޫދަށް ވެއްޓިގެން... މިއަދު ގަހުން ވެޓުނަނުދީ... އެހެން ވީމައި އިނާމު ހަނގުދޯޯ. ފިރިމީހާ އާއި ބައްދަލު ކުރުވަން ވާނެ އެއްނުދޯ."ފަޒާލް އޭރުވެސް ބަލަމުން ދިޔައީ ހަޔާތުގެ މޫނަށެވެ.
"ނޫން. ތިކަމެއް ނުވާނެ."ހަޔާތު އަވަސް އަވަހަށް ބުންޏެވެ.
"ކީއްވެ؟ ފިރިމީހާ ދެކެ ބިރުގަންނަނީތަ؟"ފަޒާލް ލިޔެލާފައި ފޯނު ދައްކައިލިއެވެ.
"ނޫން... އަހަރެންގެ ފިރިމީހާ މީހުންނާ ބަދަލުކޮށް ނޫޅެތީ. މަދުބަޔަކާ އޭނަ ވާހަކަ ވެސް ދައްކާނީ. ތިކަމަށް ބުނެވޭނީ ސޮރީއޭ. އެކަމަކު އަހަރެން އޭނަގެ ފަރާތުން ޝުކުރު އަދާކުރަން. ތެންކިއު." ހަޔާތު އެހެން ބުނެފައި ވެލިގަނޑުމައްޗަށް ވެއްޓިފައި ހުރި ފޭރުތައް ހޮވަން ފެށިއެވެ. ފަޒާލް ހަޔާތު އަށް ބަލަމުން ދިޔައެވެ. ހަޔާތު ފޭރުތަށް ނަގައި ހަމަޖެހިލިއެވެ. ފަޒާލް އަނެއްކާވެސް ފޯނުން އެއްޗެއް ޓައިޕްކޮށްލާފައި ހަޔާތު އަށް ދައްކައިލިއެވެ. ހަޔާތު ލިޔުން ކިޔާލިއެވެ.
"އެނިމުނީ؟ ތިބުނާ ތެންކިއު އަކުން މުޅިދުނިޔެވެސް ގަނެވިދާނެދޯ."ހަޔާތު ފަޒާލް އާއި ދިމާ ލަށް ބަލައިލިއެވެ. އަދި އަތުގައި ހުރި ފޭރުތަކުން ފޭރެއް ފަޒާލް އަށް ދިއްކޮށްލިއެވެ.
"ނުބުނަން ތެންކިއު އަކުން މުޅި ދުނިޔެ ގަނެވިދާނެއެކޭ... އަން، އަހަރެން ސަލާމަތް ކޮށްދިނީމައި."ފަޒާލް ހަޔާތު އަށް ބަލާލަމުން ފޭރުގައި ހިފިއެވެ. އަދި ފޭރަށް ބަލައިލިއެވެ. އެއަށްފަހު އަތުގެ އިޝާރާތުން އެއްޗެއް އަހައިލިއެވެ. ހަޔާތު ފަޒާލްގެ ހަރަކާތް ތަކަށް ބަލަމުން ދިޔައެވެ. އެހިނދު ދެބުމަ ގާތް ކޮށްލެވުނެވެ. ނިތައް ރޫތައް ގިނަވެގެން ދިޔައެވެ.
"ކީކޭ ބުނަން ތިއުޅެނީ؟ ވާހަކަ އެއް ނުދެއްކޭތަ؟"ހަޔާތު ގެ ހައިރާން ކަން އިތުރުވިއެވެ. ފަޒާލް ފޯނުން މެސެޖެއް ލިޔެލިއެވެ. އަދި ދައްކައިލިއެވެ. ހަޔާތު ލިޔުން ކޮޅު ކިޔައިލިއެވެ.
"މިއީ މީހެއްގެ ފުރާނަ ސަލާމަތް ކުރީމައި ދޭ އަގަކީ."ފަޒާލް ހަޔާތުއާއި ދިމާ ކޮށްލަން ބޭނުން ވިއެވެ.
އެސުވާލުން ހަޔާތު އަށް އިހްސާސް ކުރެވުނީ ކުރިމަތީގައި ހުރި ޒުވާނާގެ ބޮޑާކަމެވެ. އެކަަމަކު މިވަގުތު މީހަކާއި ހިފައިގަންނާނެހާ ހިތްވަރެއް ހަޔާތުގެ ނެތެވެ. ދެބަސްވެ ޒުވާބު ކުރާކަށް ހަޔާތުގެ މޫޑެއްވެސް ނެތެވެ. އެހެން ކަމުން މަޑުމައިތިރިކަން ހަޔާތު އިހްތިޔާރު ކުރިއެވެ.
"ފުރާނާގެ އަގެއް އެކަކަށް ވެސް ނުދެވޭނެ. އަހަރެންނަކީ ފައިސާ ހުރި މީހެއް ނޫން. އަހަރެން އަތުގައި އޮތީ ހަމައެކަނި މިފޭރު."މަޑުމަޑުން ހަޔާތު ބުންޏެވެ. ފަޒާލް ހީލިއެވެ. މިއީ ހަޔާތުގެ ހުރި ވަރެއް ބަލާލަން ރަނގަޅު ފުރުސަތެއްކަން ފަޒާލް އަށް އެނގުނެވެ.
"ފައިސާޔާ މުދަލަށް ވުރެން އަނގުބޮޑު އެއްޗެއް އެބައޮތް. ތިއީ ނުލާހިކުރީތި ކުއްޖެއް...."ފަޒާލް ލިޔެލާފައި ފޯނު ދައްކައިލިއެވެ. ހަޔާތުގެ މޫނުމަތީގެ ކުލަ ބަދަލު ވެގެން ދިޔައެވެ.
"އަހަރެން ހީކުރީ ތިއީ ވަރަށް ރަނގަޅު މީހެއްކަމަށް. އެކަމަކު ތިހާ ހިތް ވިޔާނުދާ ވެދާނެ ކަމަކަށް ހިޔެއް ނުކުރަން. އަހަރެންގެ ފުރާނާގެ އަނގަކީ ކިހާވަރެއް. ފަޒާލް ކަލޭ ބުނި އަނގެއްދޭނެ."ހަޔާތު ހަރުކަށި ރާގެއްގައި ބުންޏެވެ.
އެހެން ބުނެލި ވަގުތު ހަޔާތުގެ މޫނުމަތިން ފެންނަމުން ދިޔައީ އައިސްފައިވާ ރުޅިއާއި ވެފައިވާ ފޫހިކަމެވެ. އަތުގައި ހުރި ފޭރުތަކުން ކުރިމަތީގައި ހުރި ޒުވާނާގެ މޫނުގައި ޖަހަން ހަޔާތު ހިތަށް އެރިއެވެ. އެހެން ނަމަވެސް އޭނަޔަށް ކުރެވުނުހާ ވެސް ކަމަކީ ފޭރުތައް ވެލިގަނޑުގެ މައްޗަށް އުކައިލުމެވެ. އަދި ފަޒާލް އަށް ބަލައިލަމުން މަޑުމަޑުން ދެފަރާތައް ބޯހަރަކާތް ކޮށްލިއެވެ. ތިއީ ތިކަހަލަ މީހުންގެ ފެންވަރޭ ބުނެލާކަހަލަ ގޮތަކަށެވެ. އައިސްފައިވާ ރުޅީގައި ހަޔާތު އެދިމާލުން މޫދާއި ދިމާލަށް ހިނގައިގަތެވެ. ކުރިމަތީގައި ހުރި ވިޔާނުދާ މީހާގެ މޫނުވެސް ބަލާލާކަށް ހަޔާތު ބޭނުމެއް ނުވިއެވެ. ފަޒާލްގެ ތުންފަތް މަތިން ހިނިތުން ވުމެއް ފާޅުވިއެވެ. ހަޔާތު ދިމަދިމާލަށް ފަޒާލް ބަލައިލިއެވެ. ހަޔާތު ކުރިޔަށް ދަމުން ދެއަތުން އޭނަގެ މޫނުފުހެމުން ދިޔައެވެ. ހަޔާތު ރޮނީކަން ފަޒާލް އަށް އެނގުނެވެ.
ހަޔާތު މޫދުގެ ލޮނުގަނޑު ނުޖެހޭހިސާބުގައި އިށީނެވެ. އޭނަ ބަނޑުހައިވެފައިވާ ވަރަށް ރުޅިވެސް އައީ ގަދަވަމުން ނެވެ. އޭނަ މޫދަށް ވެއްޓުނީ ކީއްވެގެން ހެއްޔެވެ. އަރީޝާގެ ސަބަބުން ދިމާވާހާ ކަންތަކެވެ. އަރީޝާ އަތުގައި ޖެހިއްޖެއްޔާ އޭނަގެ އިސްތަށިގަނޑާއި އޭނަގެ މޫނު ހިފާ ނޮޅާލާނަމޭ ހަޔާތުގެ ހިތަށް އަރަމުން ދިޔައެވެ. މަޑުމަޑުން ގިސްލެވެމުން ދިޔައެވެ. އެގިސްލުން ބާރުވަމުން ގޮސް އަޑުން އަޑުނަގައި ހަޔާތު އަށް ރޮވެން ފެށިއެވެ.
ހަޔާތު އުކާލާފައި ދިޔަ ފޭރުތައް ފަޒާލް ހޮވާލިއެވެ. އަދި އެހިފައިގެން ހަޔާތު އިންދިމާލަށް ދިޔައެވެ. ހަޔާތުގެ ކުރިމަތީގައި ފޭރުތައް ބެހެއްޓިއެވެ. އެއަށްފަހު ވެލިގަނޑުގައި ސޮރީ ލިޔެލިއެވެ. ކަރުނުން ފުރިފައިވާ ދެލޮލުން ހަޔާތު ފަޒާލް އަށް ބަލައިލިއެވެ. ފަޒާލް އަމިއްލަ މީހާގެ ކަންފަތުގެ ފޫޅުކޮޅުގައި ދެއަތުން ހިފައިލިއެވެ. އަދި މާފުކޮށް ދިނުމަށް އެދޭކަހަލަ ގޮތެއް މޫނަށް ޖައްސައިލިއެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ކޮމެންޓް