މަަތިވެރި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހަސަން ޒަރީރު -- ފޮޓޯ/ މަޖިލިސް
ރާއްޖޭގެ ސިޔާސީ މަޝްރަހަށް ނަޒަރު ހިންގާލާއިރު، ފެންނަނީ ގާނޫނޫ އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި ތިމާމެންގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް އިދިކޮޅު ފަރާތް ތަކުން މަސައްކަތް ކުރަމުން އަންނަ ތަން ކަމަށް މަތިވެރި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
އެމްއެމް ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ދިވެހީންނަށް ތާރީހު ދައްކައިދީފައި އޮތީ ގައުމުގައި އޮންނަ ގާނޫނީ ވެރިކަން ވައްޓާލުމަށް ބޭރުގެ ބަޔަކާ ގުޅިގެން މަސައްކަތްކޮށްފައިވާ ތަން ކަމަށާއި ނަމަވެސް ކަމުގެ ވައްޓަފާޅި މިއަދު ތަފާތު ކަމަށެވެ.
ޒަރީރު ވިދާޅުވީ ފުރަތަމަ ގާނޫނު އަސާސީ ވުޖޫދަށް އައިސް، އޭގެ ދަށުން ގިނަ ހައްގު ތަކެއް ލިބުނު ކަމަށާއި އެކަމަކު އެކަށީގެންވާ ގޮތެއްްގައި އެކަން ބަލައިގުގަތް މީހުން ވެސް އޭރު ތިބި ކަމަށެވެ.
އޭނާ ވިދާޅުވީ މާލޭ "ގުޅަކުޅޭ ފަސްގަނޑަށް" ބަޔަކު އެއްވެ، އެ ގާނޫނު އަސާސީ ވީދާލީ ކަމަށާއި އެއީ ވެސް ބަގާވާތެއް ކުރަން ކުރި ކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކެއް ކަނޑައަޅައި ގާނޫނު އަސާސީ އަށް ގެނައި އިސްލާހާ ގުޅިގެން "ގާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި މިމަހުގެ 10 ވަނަ ދުވަހު ބޮޑު ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމައިފަ އެވެ.
މި ޖަލްސާ އަށް ފާޑުކިޔުއްވަމުން ޒަރީރު ވިދާޅުވީ އެމްޑީޕީ އަށް ވެރިކަމާއި މުޅި މަޖިލީހުގެ ސާފު މެޖޯރިޓީ، އަދި ހުރިހާ ބާރެއް ލިބުނު ދުވަހު ފެނުނީ ގާނޫނު އަސާސީއަށް ފައިން އެރި މަންޒަރު ކަމަށެވެ.
ކަން އެހެން އޮތްއިރު، ގާނޫނު އަސާސީގެ ދިފާއުގަ އޭ ބުނެ އެމްޑީޕީން ކުރާން މި އުޅެނީ ކޮންކަމެއްތޯ ޒަރީރު ސުވާލު އުފެއްދެވި އެވެ.
"މައިގަނޑު ގޮތެއްގައި އިދިކޮޅު އެ ފާހަގަ ކުރަނީ ރާއްޖެއަށް ޑޮލަރު ވެއްދުމަށްޓަކައި ގާނޫނަށް މި ގެނައި ބަދަލު. މިއީ ހަގީގަތުގަ މައިގަނޑު މައްސަލައަކީ. މި ނުކުންނަކީ މި މައްސަލައިގަ. މުޒާހަރާ ކުރަން މި އުޅެނީ އެ މައްސަލައިގަ. އެހެން އެއްވެސް ކަމެއްގައެއް ނޫން. ގާނޫނު އަސާސީ ހިމާޔަތް ކުރާކަށް ނޫން. ތިމާމެންގެ ޖީބަށް ބަރު ކުރަން، ތިމާމެން ސިޔާސީ ހަރަކާތް ހިންގަން ފައިސާ ހޯދަން،" ޒަރީރު ވިދާޅުވި އެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް