އެމްޑީޕީގެ އިގުތިސާދީ މެނިފެސްޓޯ: ޒަރީރު ސިފަ ކުރެއްވީ ހިންމިތަކުން ދިޔަވާ އޮޑިއެއްގެ ގޮތުގައި

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު -- ފޮޓޯ. މަޖިލިސް

އެމްޑީޕީ ސަރުކާރުގެ އިގުތިސާދީ މެނިފެސްޓޯއަކީ ހިންމިތަކުން ދިޔަވާ "އޮޑިއެއް" ގޮތަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ސިފަ ކުރައްވައިފި އެވެ.

އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޒަރީރު ވަނީ ރޭ އެމްޑީޕީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑު ކިއުއްވާފަ އެވެ.

މިދިޔަ ފަސް އަަހަރުގެ އިގުތިސާދު، ޒަރީރު ސިފަ ކުރެއްވީ ހިންމިތަކުން ދިޔަވާ އޮޑިއެއް ގޮތުގަ އެވެ.

"ފޭތުވެދިޔަ ފަސް އަހަރު އެ ބޭފުޅުންގެ އިގުތިސާދީ އޮޑި ބައްޓަން ކުރި ގޮތަކީ އެ އޮޑި ދަތުރު ފަށައިގެން ދުއްވަމުން ދަނިކޮށް، އެރީ ފަރަށް. ފަރަށް އަރައިގެން އެ އޮޑީގެ ދަށްބުޑު ހަލާކުވެއްޖެ. މައްޔާވެސް ގުޑައިފި އިނގޭތޯ. ހިންމި ތަކުން ދިޔަ ވަނީ. އިންޖީނު އަޑިއަށް ގޮސްފި. އެ ހާލުގައި އަނެއްކާ ފުން ކުރަން ވެގެން ފަހަތަށް ޖެހިތަނާ ލޮނު އެޅިގެން ޝާފްޓް ހަލާކުވެއްޖެ. ދެން އެ އޮޑި ދުއްވި ގޮތަކީ ރަނގަޅު މަރާމާތެއް ނުކޮށް އިންޖީނު ވެސް ކުރީ ޓޮޕް އޯވަހޯލް އެއް. ދޯނީގައި އެޅީ ޕެޗް. ނަތީޖާ އަކީ އިގުތިސާދީ އޮޑި އެ ދުއްވި ގޮތުން ދެން ޖެހުނީ ހަތަރު އިންޗީގެ ހަތަރު ޕަންޕު ބަހައްޓައިގެން އޮޑި ދުއްވަން،" ޒަރީރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ އިގުތިސާދީ އޮޑި އެ އޮތް ގޮތަށް ދުއްވުމުން، ލިބޭ އެއްޗަކަށްވުރެ، ކުރާން ޖެހުނު ހަރަދު ބޮޑުވި ކަމަށެވެ. އަދި އިންޖީނު މަރާމާތު ނުކުރާތީ، ކުރިން އަޅައި ދެ ފީފާގެ ބަދަލުގައި ހަތަރު ފީފާ ތެޔޮ އޭރު އަޅަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމަ އެމްޑީޕީ އިގުތިސާދީ އޮޑި އޮތީ މިހާލުގަ. ދެން ވީ ގޮތަކީ މި އިގުތިސާދީ އޮޑި ކުރި ދަތުރުން 124 ބިލިއަން ރުފިޔާއިން ގައުމު ދަރައިފި،" ޒަރީރު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު، ވެރިކަމާ ހަވާލުވިއިރު 124 ބިލިއަނުގެ ދަރަނި އޮތްކަން ފާހަގަ ކުރައްވަމުން ޒަރީރު ވިދާޅުވީ އެ މަނިކުފާނު ދެން ކުރެއްވި ކަމަކީ އިގުތިސާދީ އޮޑި އެއްގަމަށް ނަގައި ރަނގަޅަށް އޯވަހޯލް ކުރުމަށްފަހު އެ އޮޑި އަލުން ދުއްވަން ފެށީ ކަމަށެވެ.

"މިހާރު އެބަ އެނގޭ މި އޮޑި ދަތުރުކޮށް ރާއްޖޭގެ އިގުތިސާދު ހަމަ މަގަށް އަޅުވާނެކަން"

މި މަންޒަރު އިދިކޮޅު ފަރާތްތަކަށް ފެނިއްޖެ ކަމަށާއި މި އޮޑި މިހެން ދާން ދޫކޮށްލައިފި ނަމަ ދެން އަތެއް ނުވާނެކަން ވެސް އެ މީހުންނަށް ޔަގީން ވެއްޖެ ކަމަށް ޒަރީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް މުއިއްޒު މިގައުމުގެ އިގުތިސާދު ނަގައި ކޮޅަށް ޖަހާނެކަން އިދިކޮޅު ފަރާތްތަކަށް ޔަގީންވާ ކަމަށާއި ގާނޫނު އަސާސީ އޭ ކިޔައިގެން މުޒާހަރާ ކުރަނީ މިހެންވެގެން ކަމަށެވެ.

"މިއީ ގާނޫނު އަސާސީގެ ދިފާއުގައި ކުރާ މުޒާހަރާއެއް ނޫން. މިއުޅެނީ ގައުމު ހަލަބޮލި ކުރަން،" ޒަރީރު ވިދާޅުވި އެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

20 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

21 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

23 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy