ޓެކްސް ބޮޑުކުރަން މަޖުބޫރު ކުރުވީ އެމްޑީޕީން - އިބްރާޙިމް ޙުސައިން

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ޙުސައިން

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކަން ކޮށްފައި އޮތް ގޮތުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށާއި، އެކި ދާއިރާތަކުން ނަގަމުން އައި ޓެކްސްގެ އަދަދުތައް ބޮޑުކުރަން މަޖުބޫރު ކުރުވީ ނިމިދިޔަ ސަރުކާރު ހިންގި އެމްޑީޕީން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ޙުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.

އިއްބެ މިފަދައިން ވިދާޅުވީ ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“މިއަދު ފެންނަން އޮތް ހަޤީޤަތަކީ މި ޤައުމު މި ހާލަތަށް ވައްޓާލީ އެމްޑީޕީން. އެ ވާހަކަ އެތައް ފަހަރަކު، އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި. އެ ހަޤީޤަތް މިއަދު ފެންނަން އެބަ އޮތް. މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެ ވާހަކަ ދެއްކެވި. ރައީސް ސޯލިހު މި ޤައުމަށް ހެދި ގޮތުގެ ވާހަކަ ދެއްކެވީ ރައީސް ނަޝީދު” - އިއްބެ ވިދާޅުވިއެވެ.

އަދުގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު އެ ނެންގެވި ފިޔަވަޅުގެ ސަބަބުން މާދަމާގެ ޖީލުތަކަށް ފައިދާ ކުރާނެ ކަމަށާއި، ރައްޔިތުންގެ ސީދާ އަތުން ނަގަމުން އަންނަ ޖީއެސްޓީގެ އަދަދު ބޮޑު ނުކުރުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާ އިން ނަގަމުން އަންނަ ޓީޖީއެސްޓީ %17 އަށް ބޮޑުކުރަން މި ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ވަނީ ފޮނުވާފައެވެ.

ޓީޖީއެސްޓީގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުން މިހާރު ޓެކްސްގެ ގޮތުގައި ނަގަމުން އަންނަނީ %16 އެވެ. އިސްލާހުގައިވާ ގޮތުން އެ އަދަދު ނަގާނީ އަންނަ އަހަރު މެއި މެހުގެ ނިޔަލަށެވެ. އަދި އެ އަހަރުގެ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ނަގަން ފަށާނީ %17 އެވެ.

މި ބިލަށް ގެންނަ އިސްލާހުތަކާއެކުގައި މީގެކުރިން ހަދާފައި ހުރި ގަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ބިލަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ވާނެ ކަމަށް ބިލްގައިވެއެވެ.

މި ބިލަށް އަމަލު ކުރަން ފަށާނީ ބިލް ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަން ފަށާ ހިސާބުންނެވެ.

ބިލަށް އަމަލު ކުރަން ފެށުމުން އަންނަ އަހަރު ދައުލަތަށް 201.9 މިލިއަން ރުފިޔާ، 2026 ވަނަ އަހަރު 330.8 މިލިއަން ރުފިޔާ އަދި 2027 ވަނަ އަހަރު 538.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެއެވެ. އަދި މި ބިލް ތަންފީޒު ކުރަން ފެށުމުގެ ސަބަބުން ދައުލަތުން އިތުރު ހަރަދެއް ކުރަން ޖެހޭނެ ކަމަށް ނުބެލެވޭ އިރު، މީގެ ސަބަބުން ދައުލަތުގެ ބަޖެޓު ޑެފިސިޓް ދެމެހެއްޓެނިވި މިންގަނޑަކަށް ކުޑަކުރަން ބާރު ލިބޭނެ ކަމަށް ފިނޭންސުން ފާހަގަކުރެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ހަމައަކަށް އެޅުވުމަށް ސަރުކާރުން ދަނީ ޓެކްސް ބޭސް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރައްޔިތުންގެ އަތުން އާ ޓެކުހެއް ނުނަގާނެ ކަމުގެ ޔަގީންކަމާއި ރައްޔިތުންނަށް ދަތިވާނެ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

16 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

19 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

21 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

22 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

23 ގަޑިއިރު ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy