ޓީޖީއެސްޓީ އަށް ގެންނަ ބަދަލާއެކު މާލީ ހާލަތަށް ބޮޑު ލުޔެއް ލިބޭނެ: މުސްތަފާ

--

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަލާއިރު، މީގެ ކުރީން ޓީޖީއެސްޓީ ބޮޑުކުރި ފަހަރުތަކުގައި 3 ޕަސެންޓްގެ ރޭޝިއޯއަކުން ބޮޑު ކުރިނަމަވެސް މިފަހަރު ގެންނަނީ އެއް ޕަސެންޓްގެ ބަދަލެއް ކަމަށާއި، ބަދަލާއެކު މާލީ ހާލަތަށް ބޮޑު ލުޔެއް ލިބޭނެކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހްގެ ބިލު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވައި ދެއްވަމުން މުސްތަފާ ވިދާޅުވީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު އަކީ2011 ވަނަ އަހަރު ޢަމަލުކުރަންފެށި ޤާނޫނެއް ކަމަށާއި، އެ ޤާނޫނާއި ޤާނޫނުގެ 15 ވަނަ މާއްދާ އެކިފަހަރު މަތިން އިސްލާހް ކޮށްފައިވާ ކަމަށެވެ.

މިގޮތުން މިފަހަރު ވެސް އިސްލާހް ގެންނަ އެ ޤާނޫނުގެ 15 ވަނަ މާއްދާ، ޤާނޫނު ވުޖޫދުވިއިރު ޓީޖީއެސްޓީ 3.5 ޕަސެންޓްގައި އޮތްނަމަވެސް ޖެހިގެން އައި އަހަރު އެ ޢަދަދު ވަނީ 6 ޕަސެންޓަށް އަދި ދައުރު ނިމުނު އިރު 8 ޕަސެންޓަށް އިތުރު ކުރެވިފައިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި 2014 ވަނަ އަހަރު އެ އަދަދު ވަނީ ޓީޖީއެސްޓީ 12 ޕަސެންޓަށް އަދި މިދިޔަ އަހަރު 16 ޕަސެންޓަށް ބޮޑުކޮށްފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

''މި ރޭޝިއޯ އަށް ބަލާއިރު، ކޮންމެ ފަހަރަކު މި ޤާނޫނަށް ބަދަލު ގެންނައިރު 3 ނުވަތަ 4 ޕަސެންޓް ރޭޝިއޯއެއް ވަނީ މަތިކުރެވިފައި، އެއީ 8 ޕަސެންޓުން 12 ޕަސެންޓުން 16 ޕަސެންޓު އަށް، މިފަހަު ސަރުކާރުން ގެންނަވާފައި މިވަނީ ހިތްގައިމު ހިންހަމަޖެހޭ ބަދަލެއް، އެ ރޭޝިއޯގެ 3 ބަދަލުގައި އެންމެ ޕަސެންޓެއް އިތުރުކުރުމުގެ އިސްލާހެއްމީ، މިފަހަރު ހުށަހެޅިގެން މި ދަނީ އެންމެ ޕަސެންޓެއް، އެއީ 16 ޕަސެންޓުން 17 ޕަސެންޓަށް ބަދަލުކުރުން'' މުސްތަފާ ވިދާޅުވިއެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

16 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

19 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

21 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

22 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

23 ގަޑިއިރު ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy