ސިޔާސީ ފިކުރަށް ބަލައިގެން ވަޒީފާ ދިނުން ހުއްޓުވަން ޖެހޭ - ޙުސްނީ

މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ

ސިޔާސީ ފިކުރަށް ބަލައިގެން ކައުންސިލްތަކުގެ ވަޒީފާއަށް ނުނެގޭ ގޮތް ހަދަން ގާނޫނު އިސްލާހުކުރަން ޖެހޭ ކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.

މެމްބަރު ހުސްނީ މިގޮތަށް ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ހިންގާ ބިމުގައި ދެ ބުރީގެ ޢިމާރާތެއް އެޅުމަށް ކޮށްފައިވާ ހަރަދުތަކާގުޅޭ އެސެސްމަންޓްގެ ރިޕޯޓު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

"ހިތާމައަކީ ކައުންސިލްތަކަށް ލިބިފައިވާ ގާނޫނީ އިމުގެ ތެރޭގައި ކައުންސިލްތައް ހަރަކާތްތެރިވަމުންދާ ދިއުމުގައި ކައުންސިލްތަކަށް މާލީގޮތުން ހަރަކާތްތެރިވުމަށް ދީފައިމިވާ އިހުތިޔާރުގެ ތެރޭގައި ނާޖާއިޒް ގޮތުގައި އެ ބޭނުން ކުރަމުންދާކަން، ކައުންސިލްތައް ގިނަކަން އަޅުގަނޑު ފާހަގަކުރަން ބޭނުންވޭ، އެ ކޮންޓްރެކްޓުގެ ތެރެއިން ކައުންސިލްތަކަށް މުވައްޒަފުން ނެގެން އޮންނައިރު ވަކި ފިކުރެއްގެ ދަށުން ވަކި އެޖެންޑާއެއްގެ ދަށުން މެރިޓް އުސޫލަށް ބެލުމެއް ނެތި ވަޒީފާތަކަށް މީހުން ނަގަމުންދާދިއުން އެއީ ގާނޫނީ އިމުގެ ތެރެއިން ހުއްޓުވަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެން." މެމްބަރު ހުސްނީ

އެހެންނަމަވެސް އެއީ، އެއްވެސް ހާލެއްގައި ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ހަނިކުރަން މަސައްކަތް ކުރުމެއް ނޫން ކަމަށް ހުސްނީ ވިދާޅުވިއެވެ.

ހުސްނީ މިފަދައިން ވިދާޅުވެފައިވާއިރު، ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ 14 މެންބަރަކަށް ސިޓީ ކައުންސިލުން ކޮންސަލްޓަންޓުންގެ ވަޒީފާ ދީފައިވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް މޭޔަރު ކަމުގެ ހުވާ ކުރެއްވީ ޖެނުއަރީ 22، ގަ އެވެ.

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ވާހަކަ ދައްކަމުން، ސިޓީ ކައުންސިލުގެ ތެރޭ ދަތިވާ އެއްވެސް ކަމެއް ނެތް ކަމަށާއި "ބުނާ ކަމެއް ވެއްޖިއްޔާ ކޮށްދޭ" ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ކޮންސަލްޓަންޓުން ނަގަން ބޭނުންވީމަ، 15 ކޮންސަލްޓުން ނަގައިފިން. އަޅުގަނޑުމެންގެ ޕާޓީ މީހުން އެތާ އެ ތިބީ ވެސް އެކަކު ނޫނީ،" އާޒިމް ވިދާޅުވި އެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންނެވެ. އަދި، އާޒިމްގެ ވާހަކައަށްފަހު، އެމްޑީޕީގެ މެންބަރުންނަށް ކޮންސަލްޓަންޓުން ދިން ވާހަކަ އުނިކޮށްލަން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

19 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

22 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy