"ތުރާފިލުވުގެ މައްސަލަތަކަށް ހައްލު ލިބޭނީ ކޯޓުން": އާއިދާގެ ތުޙުމަތާއެކު މުސްތޮގެ އެތައް ސުވާލެއް!

އަދަދު ނޫހުގެ ނޫސްވެރިޔާ އާއިދާ ޢަބްދުލް ޙަކީމް ދާދި ފަހުން ސޯޝަލް މީޑިޔާގައި އާއްމު ކުރި ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެ ވީޑިއޯގައި އާއިދާ ހާމަކޮށްފައިވާ މަޢުލޫމާތު ތަކަށް ބަލާއިރު، އެއީ ދޭދޭ ދެ ގެއެއްގެ މެދުގައި އޮތް ތުރާފިލުވުމުގެ މައްސަަލައެވެ. ޒަމާންވީ މައްސަލައެއްކަމަށް ބުނެ، އެ މައްސަލައަށް ހައްލު ލިބިފައިނުވަނީ ނުފޫޒު ގަދަ ބައެއްގެ ނުފޫޒުންކަމަށް ބުނެ، އާއިދާގެ ތުޙުމަތު އަމާޒުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްތަފާ އިބްރާޙިމް (އިމްނާ މުސްތޮ) އަށެވެ.

ގިނަ ބަޔަކަށް ކަމުގެ ހަޤީޤަތް އޮޅޭގޮތަށް، އަދި މުސްތޮއާ ސީދާގޮތުން ގުޅުމެއް ނެތް މައްސަލައެއްގައި އެެފަދަ ބޮޑު ތުޙުމަތެއް ކުރިމަތިކޮށްފައިވާތީ، އެކަން ދިވެހި ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މުސްތޮގެ ޒިންމާއެއް ކަމަށް ދެކި، މުސްތޮ ވަނީ އެތައް ސުވާލުތަކެއް އާއިދާއާ ކުރިމަތިކޮށްފައެވެ.

IMG_1950.jpeg

" އެއީ އަޅުގަނޑާ ގުޅުންހުރި މައްސަލައެއް ނޫން. އަދި އެއީ އަޅުގަނޑުގެ އަންހެނުންގެ ގެއެއްވެސް ނޫން. ނަމަވެސް އެގޭގެ ކުއްޖަކާ ކައިވެނިކޮށްގެން އުޅޭތީ އެމައްސަލައަށް ހައްލެއް ހޯދުމަށް އަޅުގަނޑާ ވާހަކަދެއްކެވީ ސިޓީކައުންސިލްގެ އެއިރުގެ މެންބަރެއް. އަޅުގަނޑު މެދުވެރިވެގެން ދެ ގޭގެ ވެރިފަރާތް ވާހަކަދައްކާ ހައްލުކުރާނެ ގޮތަކަށް އެއްބަސްވެވުނު ނަމަވެސް އެއާ ޚިލާފަށް މަސައްކަތް ކުރުމުން އެކަން ހައްލުނުވެ އޮތީ. ހަމަ އެހެންމެ މަސައްކަތް ހުއްޓުވި ކަމަށް އެބުނަނީ ގަވާއިދާ ހިލާފަށް ހުއްދަނެތި ގޭގެ ވެރިފަރާތަށް ވެސް ނޭނގި ގޭގެ ޝީޓުމައްޗަށް އަރާ ޝީޓުމަތީ ފުށްކަށިބަހައްޓައިގެން މަރުތޭލުން ތަޅާ ގެދޮރަށް އަނިޔާ ލިބޭތީ އެކަން ހުއްޓުވި ހުއްޓުވުން. ވީމާ އަޅުގަނޑުވާނީ އެ މައްސަލަ ހައްލުކުރަން އެހީތެރިވި ފަރާތަކަށް ނޫންތޯ؟ އެކަން ރަނގަޅުކުރުމަށް ފުރުޞަތު ފަހިކޮށް ނުދެވޭތޯ؟ ކީއްވެތޯ އެކަން އެއްބަސްވިގޮތަށް ހައްލު ނުކުރެއްވީ؟ ކީއްވެގެންތޯ އަނެކުންގެ ގެދޮރުގެ ހުރުމަތްކަނޑާ ގަވާއިދާ ހިލާފަށް މަސައްކަތް ކުރަންވީ؟ ދިގު ހަރުގަނޑެއް ހިފައިގެން ބަންގާޅީން ގޮވައިގެން ގޮސް، ހ.މިޝްކާތުގެއަށް ވައްދަން މަސައްކަތް ނުކުރަންތޯ؟ އާއިދާގެ އާއިލާއާ ގުޅުން ހުރި މީހެއް ބަންގާޅީންނާއެކު ގޮސް ޤާނޫނާ ޤަވާއިދާ ޚިލާފަށް މިކަންކަން ނުކުރަންތޯ، ކޮންސްޓްރަކްޝަން ކުންފުނިތަކާ ގުޅުން އޮތް ނަމަ ވެސް އަދި ކޮންމެ މީހަކަށް ވި ނަމަވެސް ހުއްދަ ނެތި އެހެން މީހެއްގެ ގޯތި ގެދޮރަށް ވަނުމުގެ ހުއްދައެއް ނޯންނާނެ ނޫންތޯ؟ - މިއީ މުސްތޮ ކުރިމަތިކޮށްފައިވާ ބައެއް ސުވާލުތަކެވެ.

IMG_1951.jpeg

މި ކަންކަމަށް ނަޒަރު ކުރާއިރު، ދެ ގެއެއްގެ ދެމެދުގައި ކޮންމެވެސް މިންވަރެއްގެ މައްސަލަތަކެއް ޖެހިގެން އުޅޭކަމަށް ޤަބޫލުކުރެވެއެވެ. އަދި ހ.މިޝްކާތަށް ލިބިފައިވާ ގެއްލުންތަކާއެކު އެގޭގައި ނޫޅެވިގެން ގޭ ހުރިހާ އެންމެންވަނީ އަމިއްލަ އުފަން ގެދޮރު ދޫކޮށް އެހެންތަންނަށް ބަދަލުވެފައެވެ. އެއްބައެއްގެ ސަބަބުން އަނެއް ބަޔަކަށް އެއްވެސް އުނދަގުލެއް ނުވަތަ ތުރާލެއް ފޯރާނަމަ، އެކަމަށް އޮތް ހައްލަކީ ޝަރުޢީ މަރުޙަލާގެ ތެރެއިން އެކަމަށް ހައްލު ހޯދުމެވެ. އެއީ އެކަމުގެ ހަޤީޤަތެއް ނެތް ވާހަކަ މީސްމީޑިޔާގައި ދައްކާ، ކުށެއްނެތް އެތައް ބަޔަކު ބަދުނާމު ކޮށްގެން ދޮގު ވާހަކަ ފަތުރައިގެން ހޯދޭނެ ހައްލެއްް ނޫނެވެ. މިހާ ދުވަސްވީ މައްސަލައެއްކަމަށް ބުނާއިރު، މިކަމުގެ ޝަކުވާ ޝަރުޢީ ކޯޓެއްގައި އުފުލާފައި ނެތުމުން، މި މައްސަލަ ހައްލު ކުރުމުގެ ސާފު ނިޔަތް އޮތްކަމާމެދުވެސް ސުވާލު އުފެދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިޞިއްޔަތުން މުސްތޮ އެދެނީ މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ޝަރުޢީ ކޯޓު މެދުވެރިކޮށް މަސައްކަތް ކުރުމެވެ.

މިއީ އެއްގޮތަކަށްވެސް އަޅުގަނޑާ ބެހޭ މައްސަލައެއްވެސް ނޫން. ނަމަވެސް އަޅުގަނޑަށްވެސް ދޮގު ތުޙުމަތުތަކެއް ކޮށްފައިވާތީ އެކަން ސާފުކޮށްދިނުން އަޅުގަނޑުގެ ބޭނުމަކަށްވީ. އަޅުގަނޑުވެސް އެދެނީ މި މައްސަލައަށް ވީ އެންމެ އަވަހަކަށް ހައްލު ލިބިގެން ދިއުން. އަދި އެއްވެސް މީހެއްގެ އަބުރަށް ހުތުރުވާފަދަ އެއްވެސް ދޮގު ވާހަކައެއް ނުފެތުރުން – މުސްތޮ ވިދާޅުވިއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

36 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy