ކޮވިޑުގެ ހާލަތުގައި ރާއްޖެއަށް ލިބުނު އެހީތައް ވީ ކޮންތާކުތޯ - މުސްތޮ

---

ކޮވިޑްގެ ދަތި ހާލަތުގައި ރާއްޖެއަށް ހީނަރުކަމެއް ލިބިގެން ދިޔަނަމަވެސް ބޭރުގެ އެހީ ލިބުނު ކަމަށާއި އެހެންނަމަވެސް ލިބުނު އެހީތައް ފެންނާން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި މުސްތަފާ ވިދާޅުވީ މިއަދުގެ ހާލަތުގައި ވެސް ފައިސާ ޗާޕު ނުކުރާ އެއްސަބަބަކީ އެއީ މިހާރު މިހާލަތަށް ބެލި ނަމަވެސް އެއީ އެނމެ ރަނގަޅު ގޮތް ނޫންކަމަށް ވާތީ ކަމަށެވެ.

އަޅުގަނޑުމެން މިހާރު މިވާހަކަ ދައްކަންވެސް  ބޭނުން ނުވޭ އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ފަދައިން މި ވާހަކަ ނުދައްކާވެސް ނެތް ވާކަށް. އަޅުގަނޑުމެންނަށް ފޭތުވެދިޔަ 5 އަހަރުގެ ވެރިކަމެއް ނިމިގެން ދިޔައިރު ފެނުނީ މުޅިގައުމު ލޫޓުވާލައިފައި ދިޔަ މަންޒަރު. ބަނގުރޫޓުކޮށްލާފައި ދިޔަތަން. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވީ އިރު ދައުލަތުގެ ރިޒާވް ހުސްކޮށްފަ ވަޑައިގަތީ. ދަރަނި ދެއްކުމަށްޓަކައި އެއްކުރެއްވި ސޮވްރިން ގެރެންޓީގައި ހުރި ފައިސާ ހުސްކޮށްފަ ވަޑައިގަތީ. އޭގެއިތުރަށް 124 ބިލިއަނުން އަޅުގަނޑުމެން ދަރަނިވެސް ކޮށްފަ ވަޑައިގަތީ. - މުސްތޮ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ އެތައް އަހަރަކު ނާންނަ ވަރުގެ ދަރަންޏެއް ނަންގަވާ، އޭގެއިތުރަށް ވަޑަައިގަތީ ފައިސާވެސް ޗާޕުކޮށްފައި ކަމަށެވެ. މީގެއިތުރަށްވެސް ކުންފުނިތަކުން، ރާއްޖޭގެ ވިޔަފާރިވެރިން އަތުން ދަރަންޏަށް ނަންގާވާފައިވާ އެތައް ބިލިއަން ރުފިޔާގެ އެއްޗެހީގެ ބިލްތައްވެސް ނުދައްކައި ހުރި ކަމަށް ވިދާޅުވިއެވެ. މަސްވެރިންގެ މަސް ކިރައިފައި އެ މީހުންނަށް އެފައިސާވެސް ދީފައި ނުވާކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ސަރުކާރެއް 5 އަހަރުކޮށްފައި ނިކުމެގެން ދިޔައިރު ގައުމު އެއްކޮށް ލޫޓުވާލައި ބަނގުރޫޓޫކޮށްފައިވާ ކަމަށެވެ. އަދި މިހާރު މިސަރުކާރުން ކުރާންޖެހިފައިވާ ކަމަކީ އަދި ކުރަމުން ދާ ކަމަކީވެސް އެކަން ހައްލު ކުރުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތް ކަމަށް މުސްތަފާ ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވީ މިހަރު ސަރުކާރުން ބަލަނީ ނުކައި ނުބޮއެވެސް ރާއްޖޭގެ ދަރަނިން ސަލާމަތް ވެވޭތޯ ކަމަށާއި އެހެންކަމުން މިދުވަސްކޮޅު ކޮންމެވެސް ވަރަކަށް ދަތިވެސްވާނެ ކަމަށެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

16 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

19 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

21 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

22 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

23 ގަޑިއިރު ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy