ޑޮލަރުގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ މުޢިއްޒަށް ކެރިވަޑައިގަންނަވާނެ - މުސްތޮ

ރާއްޖެއަށް އެތެރެކުރާ އޫރުމަހާއި ރަލުން ދެން ނަގާ ޓެކްސް ނަގާނީ ޑޮލަރުން ކަމަށާއި އަދި ޑޮލަރުން ވިއްކާތަކެއްޗަށް ވެސް ޓެކްސް ނަގާނީ ޑޮލަރުން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުޞްތަފާ އިބްރާހިމް (އިމްނާ މުސްތޮ) ވިދާޅުވެއްޖެއެވެ.

މުސްތޮ ކުރެއްވި ޓްވީޓް؛

IMG_1068.jpeg

ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ ފައިސާ ކަޅު ބާޒާރުގައި ވިއްކުން މަނާކޮށް ބޭންކުން މާރު ކުރަން މަޖުބޫރު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތައް ރާއްޖޭގައި ހިންގާ ކަމަށާއި ބޭރު ފައިސާ މާރު ކުރުމުގެ ގަވާއިދަށް ގެންނަން ސަރުކާރުން ނިންމާފައިވާ ބަދަލުތަކުގެ ތެރެއިން އެ ފައިސާ ކަޅު ބާޒާރުގައި މާރުކުރުން ނިމުމަކަށް އަންނާނެ ކަމަށެވެ.

"މަނީ ޗެންޖާސް ރެގިއުލޭޝަންއަށް ގެނެވޭ ބަދަލުގެ ސަބަބުން އެ ފައބްލެކް މާކެޓްގައި މި މާރު ކުރާ މާރުކުރުން ނިމުމަކަށް އައިސް، ބޭންކަށް މާރުކުރުން މަޖުބޫރުވާނެ. ވަރަށް ގިނަ މީހުން ރުޅިއައިސް ދާނެ އަޅުގަނޑުމެން ދެކެ. އެކަމަކު އަޅުގަނޑު ހުންނާނީ ރައްޔިތުންގެ ފަޅީގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުގެ ޑޮލަރުގެ ރިޒާވް އިތުރު ކުރަން ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ނިންމީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުންނެވެ.

ކެބިނެޓު ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ކޯޕަރޭޓް އިންކަމް ޓެކްސް އާއި، އިމްޕޯޓު ޓެކްސް ޑޮލަރުން ދައްކާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނާނެ ކަމަށާއި އަދި ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަން ވެސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ޕެންޝަން ގާނޫނަށް ބަދަލު ގެންނާނެ ކަމަށެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

19 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

22 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy