މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދަޢުރު ނިންމާލައިފިއެވެ.
މަޖިލީހުން އާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، މި ދައުރު ވަނީ ޖުމްލަ 33 ޖަލްސާއެއް ބާއްވާފައެވެ.
މަނަދޫ ދާއިރާގެ މެމްބަރުގެ ހައިޞިއްޔަތުން ޙުސްނީ ވަނީ ތަފާތު ދައްކުވައިދީފައެވެ. އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާތަކަށް ޤަވާއިދުން ހާޟިރުވެ، ހުރިހާ ކޮމެޓީ ބައްދަލުވުންތަކަށްވެސް ވަނީ ހާޟިރުވެފައެވެ.
މީގެ އިތުރުން މަޖިލީހަށް ހުށަހެޅުނު އެތައް ބިލަކަށް ބިނާކުރަނިވި ގޮތެއްގައި ބަހުސްކޮށް، ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ސްޕޮންސަރކޮށްފައިވެސް ވެއެވެ.
ޙުސްނީ ކުރައްވާފައިވާ އެފްބީ ޕޯސްޓް:
20 ވަނަ މަޖިލީހުގެ ފުރަތަމަ ދަޢުރު ނިމުނު އިރުވެސް ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން ރޭ ބޭއްވި ޖަލްސާގެ ކުރިއަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ މަގާމުން ވަކިކުރަން ރޭގެ ޖަލްސާގައި ވޯޓު ނަގައި، އެގޮތަށް ފާސްކުރި އެވެ.
ޕްރޮސިކިއުޓަ ޖެނެރަލް ގާނޫނުގައި ބުނެފައި ވަނީ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، ސިޓީއަކުން އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ޕްރޮސިކިއުޓަ ޖެނެރަލްއިން ވަކިވީ ކަމަށެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމު އެއްވެސް ހާލަތެއްގައި ހުސްވެއްޖެނަމަ، މަގާމު ހުސްވާތާ އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަން ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް