ރިޒާވް ހުސްވެެއްޖެކަމަށް ބުނެ "އަދަދު" ނޫހުން ފަތުރަނީ ބުހުތާނު ދޮގެއް - ޒަރީރު

މެމްބަރު ޒަރީރު

ދަޢުލަތުގެ ރިޒާވް ހުސްވެެއްޖެ ކަމަށް ބުނެ އަދަދު ނޫހުން ފަތުރަނީ ބުހުތާނު ދޮގެއް ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ބޭނުން ކުރެވޭ ޑޮލަރު ރިޒާވު މިއަދު އެއްކޮށް ހުސްވެއްޖެ ކަމަށް ބުނެ އެ ނޫހުން ޝާއިރުކޮށްފައިވާތީ އެކަމަށް ރައްދު ދެއްވާ ޒަރީރު ވިދާޅުވީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމުގެ ގޮތުން ހަޤީޤަތެއްނެތް ދޮގު ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

މި އަހަރުގެ އޭޕްރީލް މަހު ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 114 މިލިއަން ޑޮލަރަށް އެރިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ ހަތަރު މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ ޖެނުއަރީ މަހު ޔޫޒަބަލް ރިޒާވުގައި ހުރީ 110 މިލިއަން ޑޮލަރެވެ. ހަތަރު މިލިއަން ޑޮލަރު އިތުުރުވި ނަމަވެސް މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާ އިރު 37 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ޔޫޒަބަލް ރިޒާވުގައި ހުރީ 151 މިލިއަން ޑޮލަރެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އޭޕްރީލް މަހުގެ ރިޒާވް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް ވުރެ 65 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. ޑިސެމްބަރު މަހު މަހު ޔޫޒަބަލް ރިޒާވް ހުރީ 179 މިލިއަން ޑޮލަރުގަ އެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ޔޫޒަބަލް ރިޒާވްގައި އެވްރެޖުކޮށް ހުރީ 115 މިލިއަން ޑޮލަރެވެ.

އޭޕްރީލް މަހު ރަސްމީ ރިޒާވް ހުރީ 622 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ވުރެ 135 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ރަސްމީ ރިޒާވު ހުރީ 757 މިލިއަން ޑޮލަރުގަ އެވެ.

މިދިޔަ އަހަރަށް ވުރެ ރިޒާވް ދަށްވި ނަމަވެސް ރަސްމީ ރިޒާވް ވަނީ މި އަހަރު ޖެނުއަރީ މަހަށް ވުރެ 71 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.

ޖުމްލަ ރިޒާވް އިތުރުވި އެންމެ ބޮޑު ސަބަބަކީ ކޮމާޝަލް ބޭންކްތަކުން އެމްއެމްއޭގައި ބަހައްޓާ ފައިސާ އިތުރުވުމެވެ. އެ މުއްދަތުގައި ކޮމާޝަލް ބޭންކްތަކުން ބެހެއްޓި ފައިސާ ވަނީ 67 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. އެ ފައިސާ އިތުރުވި ނަމަވެސް އެއީ ސަރުކާރުގެ ބޭނުންތަކަށް އިމްޕޯޓަށާއި ދަރަނި ދެއްކުމަށް ބޭނުން ކުރެވޭނެ ފައިސާއެއް ނޫނެވެ. އެހެންވެ، ރަސްމީ ރިޒާވުގެ އަދަދު ބޮޑުވިޔަސް، އެކަމުން ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ފައިދާއެއް ނުކުރާނެ އެވެ.

މިދިޔަ އަހަރު ނިމުނު އިރު ރަސްމީ ރިޒާވް ހުރީ 590 މިލިއަން ޑޮލަރުގަ އެވެ.

ރިޒާވް އިތުރު ކުރުމަށްޓަކައި ކުރާ އެއް ކަމަކީ އާމްދަނީ އިން ވަކި އަދަދެއް ރައްކާކުރުމެވެ. ރިޒާވް އިތުރު ކުރުމަށްޓަކައި ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ދޭތެރެ ދޭތެރެއިން ބޭނުންކުރެ އެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

20 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

21 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

23 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy