ޙުސްނީ މިއަދުގެ ޖަލްސާގައި
ރާއްޖޭގައި މިހާރު ހިންގަމުންދާ ސްކޭމްތައް ހުއްޓުވުމަށްޓަކައި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާޙުން ނަތީޖާ ނެރެވިދާނެކަމަށް ނުދެކޭ ކަމަށާއި، އިސްލާޙު ގެންނަން ޖެހެނީ ބޭންކިންގ އާ ގުޅޭ ޤާނޫނަށް ކަމަށް މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
ޖިނާއީ އިޖުރާއަތުގެ ބިލަށް އިސްލާހު ގެނެސް ސްކޭމަރުންގެ އެކައުންޓުތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދިނުމަށް ހުށަހެޅި ބިލަށް ބަހުސްކުރައްވަމުން ޙުސްނީ ވިދާޅުވީ ޤާނޫނުތަކުގެ މުޅި އޮނިގަނޑު އިސްލާޙު ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ޙުސްނީ ވިދާޅުވީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 72 ވަނަ މާއްދާ މިހާރު އޮތްގޮތަށް އޮއްވާ، އެ ޤާނޫނުގެ 73 ވަނަ މާއްދާއަށް ގެނެވޭ އިސްލާޙުން ނަތީޖާއާ ހަމައަށް މިސްރާބު ނުހިފޭ ކަމަށާއި، ސްކޭމްތައް މޮނިޓަރ ކުރުމުގެ ބާރު ފުލުހުންނަށް ލިބެނީ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢަމުރެއް އޮންނަ ޙާލަތުގައި ކަމަށެވެ.
ދިވެހި ފުލުހުންގެ ފަރާތުންވެސް އަދި ޕީޖީންވެސް، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާޙުތަކެއް ގެންނަންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ވަކިވަކި މާއްދާތަކާއި އިރުއިރުކޮޅާ ބެހުމުގެ ބަދަލުގައި ކަމާބެހޭ މުޢައްސަސާތަކާ މަޝްވަރާ ކުރެވިގެން، ޖިނާޢީ އިޖުރާޢަތަށް ގެންނަން ޖެހޭ އިސްލާޙުތައް އެކުއެކީގައި ގެންނަން ޖެހޭ ކަމަށެވެ.
ޖިނާޢީ އިޖުރާޢަތުގެ ގާނޫނަށް މި އިސްލާޙު ގެނެސްގެން ނެރެން އުޅޭ ނަތީޖާ ނެރެވޭނެ ކަަމަކަށް އަޅުގަނޑު ނުދެކެން - ޙުސްނީ
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް