ޒަރީރުގެ ކަންބޮޑުވުން: 1.8 މިލިޔަން ރުފިޔާގެ ސްކޭމް ހިންގި މީހާއަށް ދިނީ ވަރަށް ކުޑަ އަދަބެއް!

ޒަރީރު މިއަދުގެ ޖަލްސާގައި

މީހެއްގެ އެކައުންޓުން އެމީހަކަށް ނޭނގި 1.8 މިލިއަން ރުފިޔާ ނަގައި، ސްކޭމް ހިންގި މީހާއަށް ދިނީ މާ ކުޑަ އަދަބެއް ކަމަށް މަތިވެރީ ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިންތިހާއަށް ސްކޭމްގެ ކަންތައް އިތުރުވަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ޒަރީރު ވިދާޅުވީ 1.8 މިލިޔަން ރުފިޔާގެ ސްކޭމް ހިންގި މީހާގެ މައްޗަށް ޕީޖީން ދައުވާކޮށްފައިވަނީ ކޮން ހަމަތަކެއްގެ މަތިން ކަމެއް ސާފު ނުވާ ކަމަށާއި ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް (އެހާ ބޮޑު އަދަދަކަށް ސްކޭމް ހިންގި މީހަކު) އަދަބެއްގެ ގޮތުން 115،400 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށާއި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމުން އެކަމާ ސުވާލު އުފެދޭ ކަމަށެވެ. އަދި އެ ދިނީ މާ ކުޑަ އަދަބެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

“މިފަދަ ބޮޑު ޖަރީމާއެއް ހިންގި މީހަކަށް މިފަދަ ލުއި އަދަބެއް ދިނީމާ މި މައްސަލަތައް ޙައްލު ކުރަން އެބަ އުނދަގޫވޭ.” ޒަރީރު ވިދާޅުވިއެވެ.

ޒަރީރު މިހެން ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގައި ތިންވަނަ ފަރާތުގެ އެކައުންޓްގައި ހުންނަ ފައިސާ ހިފަހައްޓަން ފުލުހުންނަށް އަމުރު ނެރެވޭ ގޮތަށް ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައެވެ.

ޒަރީރު ވިދާޅުވީ މިފަދަ ބޮޑެތި ވައްކަމުގެ މައްސަލަތަކުގައި މިކަހަލަ ލުއި އަދަބެއް ދިނުމުން ޢަދުލު އިންސާފުގެ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ކުޑަވާ ކަމަށެވެ. އެހެންކަމުން މިއީ ޤާނޫނުގައި ހުރި މައްސަލައެއްތޯ ނުވަތަ ފަނޑިޔާރަށް އޮންނަ އިޚްތިޔާރުގެ ސަބަބުން މެދުވެރިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށް އޭނާ ވަނީ ގޮވާލާފައެވެ.

ކާފަގެ އެކައުންޓުން ކާފައަށް ނޭގި 16 އަހަރުގެ ކުޑަކުއްޖަކު ވަނީ ހަސަން ނާހިދާއި އޭނާގެ އޭރުގެ އަންހެނުން މަރްޔަމް ޝަންމާގެ ނަމުގައި އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓުތަކަށް ޖުމްލަ 1.8 މިލިޔަން ރުފިޔާ ފޮނުވާފައެވެ. އަދި އެ ފައިސާއިން ނާހިދު ވަނީ މުއާމަލާތްވެސް ކޮށްފައެވެ.

އޭގެތެރެއިން 1.6 މިލިޔަން ރުފިޔާ ފުލުހުން ވަނީ ހޯދާފައެވެ.

މި ކުށުގެ އަދަބެއްގެ ގޮތުގައި ހަސަން ނާހިދުގެ މައްޗަށް ވަނީ 115،400 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް ހުކުމްކޮށްފައެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186ވަނަ މާއްދާއަށް ރިއާޔަތްކޮށް މައްސަލައިގައި ބަންދުގައި ހޭދަކުރި މުއްދަތު ޖަލު އަދަބުން އުނިކޮށް، ދައްކަން ޖެހޭ ޖޫރިމަނާގެ އަދަދު ވަނީ 113،800 ރުފިޔާއަށް ދަށްކޮށްފައެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

20 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

21 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

23 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy