އިއްބެ މިއަދުގެ ޖަލްސާގައި
ރާއްޖޭގައި މިހާރު ހިންގާ ސްކޭމްތައް ހުއްޓުވުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ބޭންކުން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ޙުސައިން ވިދާޅުވެއްޖެއެވެ.
ޖިނާއީ އިޖުރާއަތުގެ ބިލަށް އިސްލާހު ގެނެސް ސްކޭމަރުންގެ އެކައުންޓުތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދިނުމަށް ހުށަހެޅި ބިލަށް ބަހުސްކުރައްވަމުން އިއްބެ ވިދާޅުވީ ސްކޭމެއް ހިނގާކަން ބޭންކަށް އެނގޭ ހިސާބުން އެކަމާ ގުޅޭ ފިޔަވަޅު ބޭންކުން އަޅަން ޖެހޭ ކަމަށާއި، އެހެން ނޫންނަމަ މިކަން ހައްލު ނުކުރެވޭނެ ކަމަށެވެ.
"ބޭންކު އޮފް މޯލްޑިވްސްއިން އާންމުކޮށް މިކަހަލަ ކަންތައްތައް ހިންގާފައިވަނީ. އަޅުގަނޑުމެންނަށް އެނގޭ ބޭންކިންގެ ނިޒާމުގެ ތެރެއިން ވަރަށް ވަރުގަދަ ސިސްޓަމެއްގެ ތެރެއިންކަން މިކަން ކުރަނީ." އިއްބެ ވިދާޅުވިއެވެ.
މި ބިލް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމްއެވެ.
މި ބިލަށް ބަހުސް ކުރައްވަމުން އިތުރަށް އިއްބެ ވިދާޅުވީ މަކަރާއި ޙީލަތުން މީހެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފަރ ކުރާތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެކަން ބޭންކުގެ ސަމާލުކަމަށް ގެނައި ކަމުގައި ވިޔަސް ބޭންކަށް އެފައިސާ ހޯދައި ނުދެވޭ ކަމަށާއި، އެއީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ފައިސާ އެހެން އެކައުންޓްތަކަށް ފޮނުވުމަށްފަހު އެ ފައިސާތައް ނަގަނީ އޭޓީއެމްތައް މެދުވެރިކޮށް ކަމަށާއި، ފައިސާ ނެގުމުގެ ކުރިން އެކައުންޓް ބްލޮކް ކުރެވެން ޖެހޭނެ ކަމަށްވެސް އިއްބެ ވަނީ ފާހަގަ ކުރައްވާފައެވެ.
މި ސަރުކާރުން ގެންދަވަނީ އެންޓި ސްކޭމް ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ކަމަށާއި، ސްކޭމްތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅުއްވާނެ ކަމަށެވެ.
ސްކޭމެއް ހިންގުމުގެ ފުރުސަތު ސްކޭމަރުންނަށް ހުޅުވިފައި އޮންނަނީ ކޮން ދިމާލަކުންތޯ ކިހިނެއްތޯ ބެލުން މުހިންމު ކަމަށާއި ޤާނޫނެއް ހެދުމަކުން ސްކޭމްގެ މައްސަލައަށް ހައްލެއް އަދި ނުލިބޭކަންވެސް އިއްބެ ފާހަގަ ކުރެއްވިއެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް