އިއްބެ މިއަދުގެ ޖަލްސާގައި
އާބަން ޑިވެލޮޕްމަންޓާއި ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެއްވި ކަމީ މި ސަރުކާރުން ދިވެހި ރައްޔިތުން ދެކެވާ ލޯބި ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، އެހެންކަމުން ހުރިހާ ޝުކުރެއް ހައްޤުވަނީ އަދުގެ ރައީސް ޑރ މުޙައްމަދު މުޢިއްޒަަށް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ޙުސައިން ވިދާޅުވެއްޖެއެވެ.
އިއްބެ މިފަދައިން ވިދާޅުވީ އާބަން ޑިވެލޮޕްމަންޓާ ބެހޭ ބިލާ ގުޅޭ ގޮތުން މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިފަދަ ބިލެއް ހުށަހަޅަން މި ޖެހުނީ އާބަން ޑިވެލޮޕްމަަންޓާ ގުޅޭ ސާފު ޤާނޫނެއްވެސް އަދި ޤަވާއިދެއްވެސް މިއަދާ ހަމައަށް އައިއިރުވެސް ހުށަހެޅިފައިނުވާތީ. ކުރިއަރަމުން އަންނަ ކޮންމެ އާރބަން ސަރަހައްދަކަށްވެސް އެކަށީގެންވާ ވަޞީލަތްތައް ވަރަށް މުޙިއްމު. މަގުތަކާއި، ދަތުރުފަތުރުގެ ޚިދުމަތްތަކާއި ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތްތައް އެންމެ އެދެވޭ ގޮތެއްގައި އެ ސަރަހައްދުތަކުން ލިއްބައިދޭން ޖެހޭ. އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗާރ އަށް އިސްކަން ދިނުމަކީ ރާއްޖޭގެ އާބާދީއަށް ނުހަނު ފައިދާ ބޮޑުކަމެއްކަމަށް އަޅުގަނޑު ޤަބޫލު ކުރަން – އިއްބެ ވިދާޅުވިއެވެ.
މީގެ އިތުރުން، އިއްބެ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ގެނެސްދެއްވާނީ މި ސަރުކާރުން ކަމަށެވެ.
މިފަދަ ބިލެއްގެ އެންމެ މުހިންމު ކަމަކީ ރާއްޖޭގެ އިޤްތިސާދަށް އަދި ބަޖެޓަށް ޚަރަދު ކުޑަވާނެ ގޮތަކަށް ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ގޮތެއް ހޯދައިދިނުން ކަމަށްވެސް މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް