އާބަން ޑިވެލޮޕްމަންޓުގެ ބިލުގެ އެންމެ ބޮޑު އުފަލެއް ލިބޭނީ މާލޭ ރައްޔިތުންނަށް - މުސްތޮ

މުސްތޮ މިއަދުގެ ޖަލްސާގައި

ރާއްޖޭގައި އާބަން ޑިވެލޮޕްމަންޓު ސެންޓަރުތަކާއި ޒޯންތަކެއް ކަނޑައެޅުމަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށްކަމާއި، ބޭނުންހާ ތަނަކުން އެކި މީސްމީހުންނަށް ގޯތި ބަހަމުން އައި ސަޤާފަތް މި ޤާނޫނުގެ ސަބަބުން ބަދަލުވެގެންދާނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުޞްތަފާ އިބްރާޙިމް (އިމްނާ މުސްތޮ) ވިދާޅުވެއްޖެއެވެ.

އާބަން ޑިވެލޮޕްމަންޓުގެ ބިލަށް ބަހުސް ކުރައްވަމުން މުސްތޮ ވިދާޅުވީ، މާލޭގެ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ހިތްދަތިކޮށް ކަމަށާއި، ވައިނުސާފު މާޙައުލެއްގައި އުޅެން ޖެހުމުގެ ސަބަބުން ރައްޔިތުންގެ ނޭވާލާ ނިޒާމަށްވެސް އެތައް ބަލިތަކެއް ޖެހެމުންދާ ކަމަށެވެ.

ޒަމާނުންސުރެ އަޅުގަނޑުމެން ދައްކަމުން އަންނަ ވާހަކައެއް މީ. ދިވެހިރާއްޖެ އޮންނަން ޖެހޭނީ ކަނޑައެޅިގެން ވަކި ސަރަހައްދުތަކެއް ތަރައްޤީ ކުރެވޭ ގޮތަށޭ. އެކި ސަރުކާރު ތަކުގައިވެސް މި ވާހަކަ ދައްކަމުން ދިޔަ، ނަމަވެސް ހިތާމައަކީ މިއަދާ ހަމައަށް ދިޔަ އިރުވެސް މިފަދަ ޤާނޫނެއް އަދި ޤަވާއިދެއްވެސް އެކަށަހެޅިފައި ނެތްކަން. އޭގެ ނަތީޖާ އަކީ މާލޭގެ ރައްޔިތުންނަށް ހިތްދަތިކަން ލިބުން. - މުސްތޮ ވިދާޅުވިއެވެ.

މި ޤާނޫނުގެ ދަށުން ރާއްޖެ ތަރައްޤީވެގެން ދާއިރު، ވަރަށް މުޙިއްމު ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެގޮތުން ދަތުރުފަތުރުގެ ކަންކަމާއި މި ނޫންވެސް ޒަރޫރީ ކަންކަން ރޭވިފައިވާ ގޮތް ސާފުކޮށް ފެންނަން އޮންނާނެ ކަމަށްވެސް މުސްތޮ ފާހަގަ ކުރެއްވިއެވެ.

މިފަދަ ބިލެއްގެ އެންމެ މުހިންމު ކަމަކީ ރާއްޖޭގެ އިޤްތިސާދަށް އަދި ބަޖެޓަށް ޚަރަދު ކުޑަވާނެ ގޮތަކަށް ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ގޮތެއް ހޯދައިދިނުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ތަރައްޤީގެ ޕްލޭނެއް ނެތި ހުޅުމާލެ ފޭސް 2 ތަރައްޤީ ވެގެންގޮސްފި ނަމަ ވެގެންދާނީ މިހާރު މާލޭގެ ރައްޔިތުންގެ އުޅެންޖެހިފައިވާ ގޮތަށް އުޅެން ކަމަށާއި، ނަތީޖާއަކަށްވާނީ ކާރޫބާރޫ ބޮޑުވެ އެތައް ބަލިތަކަކަށް މަގު ފަހިވުން ކަމަށްވެސް މުސްތޮ ވިދާޅުވިއެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

19 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

22 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy