މުސްތޮގެ ހިތުގެ ލޯބި އަދިވެސް އޮތީ ކިޔަވައިދިނުމަށް! ޓީޗަރެއްގެ ގޮތުގައި އެތައް ހަނދާންތަކެއް!

މުސްތޮ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި

މުޙައްމަދު މުސްތަފާ އިބްރާޙިމް، އެންމެން ދަންނަ ނަމުން ނަމަ އިމްނާ މުސްތޮ އަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މާފަންނު ހުޅަނގު ދާއިރާ ތަމްޞީލްކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރެވެ. ނަމަވެސް އަދިވެސް ގިނަ މީހުން މުސްތޮ ދަންނަނީ ސިޔާސީ ބޭފުޅެއްގެ ގޮތަކު ނޫނެެވެ. މުސްތޮގެ ޚިދުމަތް އެތައް ގޮތަކުން މި ޤައުމަށް ލިބިއްޖެއެވެ. އެ ވާހަކަތައް މުސްތޮ ވަނީ މިއަދު ހިއްސާ ކުރައްވާފައެވެ.

މުޙައްމަދު މުސްތަފާ އިބްރާޙިމް (އިމްނާ މުސްތޮ) އަކީ ރާއްޖޭގެ ސިވިލް ސާރވިސް ދާއިރާއާއި ހިންގުމުގެ ދާއިރާގައި އަދި މަސައްކަތްތައް ޕްލޭން ކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ހަމަ އެގޮތަށް ކިޔަވައިދިނުމުގައިވެސް މުސްތޮ ވަނީ އެތައް ދުވަސްތަކެއް ހޭދަކުރައްވާފައެވެ.

ކިޔަވައިދިނުމަކީ އެންމެ ލޯބި ކުރާ ކަންތައް. އެންމެ ލޯބިވަނީ ކިޔަވާ ކުދިންދެކެ. ކިޔަވައިދިނުމަކީ ވަރަށް ބުރަ މަސައްކަތެއް. އެއީ އަޅުގަނޑުގެ ޙަޔާތުގައި އުފަލާއި ހިތްހަމަޖެހުމުގެ ތެރެއިން ކުރެވުނު ބުރަ މަސައްކަތެއް. އެ ދުވަސްވަރު ވާ ގޮތަކީ ވަޒީފާތަކަށް ފިލައިގެން އުޅެން ޖެހޭ ޒަމާނެއް. އެންމެ ފުރަތަމަ އަޅުގަނޑު ވަޒީފާ އަދާ ކުރީ އިމިގްރޭޝަންގައި. ޖެހިގެން އައި އަހަރު މުދައްރިސުން ތަމްރީން ކުރާ ކޯހެއްގައި ބައިވެރިވެގެން 1991 ވަނަ އަހަރު ތާޖުއްދީން ސުކޫލަށް އަޅުގަނޑު ޖޮއިން ކުރީ މުދައްރިސުންގެ ވަޒީފާއަށް - މުސްތޮގެ މާޒީގެ ހަނދާންތައް ހިއްސާ ކުރައްވަމުން ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓްރީގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމުން އެ ފުރުޞަތުގެ ބޭނުންވެސް ހިފިން ކަމަށާއި، ސިޔާސީ ދާއިރާއަށް ނިކުމުގެ އެންމެ ބޮޑު ޝައުޤުވެރިކަމެއް އުފެދުނީ އޭރު ޕްލޭނިންގ މިނިސްޓަރ ހަމްދޫން ހަމީދުގެ ފަރާތުން ކަމަށްވެސް މުސްތޮ ފާހަގަ ކުރެއްވިއެވެ.

McvwUNswHLrer2YzY3PZg9aMXahoXUBu8LnTeEQm.jpg

"ޕްލޭނިންގ މިނިސްޓްރީން ތެރެއިން މުޅި ރާއްޖެ އަޅުގަނޑަށް ދަސްވި. ބޯހިމެނުމުގައިވެސް މަސައްކަތްތަކެއް ކުރެވުނު. އެކަމުގެ މަޢުލޫމާތު ތަކެއްވެސް ލިބުނު. އޭރަކީ ރާއްޖޭގައި ސިޔާސީ ކަންކަން އެންމެ ބާރު ބޮޑު ދުވަސްވަރު. އެމްޑީޕީން އުފެދިގެން އައި ދުވަސްވަރު. އެކަމުގެ ތެރެއިން ސިޔާސީ ކަންކަމަށް ވަނުމަށް ޝައުޤުވެރިކަން އުފެދިގެން ދިޔައީ - މުސްތޮ ވިދާޅުވިއެވެ.

ކިޔަވައިދިނުމަކީ ހަމައެކަނި ލިބޭ މުސާރައަށް ބަލައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ކުދިންތަކެއް ރަނގަޅު ގޮތުގައި މުޖުތަމަޢަށް ނެރެން ބޭނުންވެގެން އިޚްލާޞްތެރިކަމާއެކު އަދި ޤައުމީ ކަމެއްގެ ގޮތުގައި ނޫނީ ނުކުރެވޭނެ ކަމެއްކަމަށްވެސް މުސްތޮ ފާހަގަ ކުރެއްވިއެވެ.

ޕަބްލިކް ސާރވިސް މީޑިޔާ (ޕީއެސްއެމް) އިން ގެނެސްދިން “ޚިދުމަތްތެރިން” މި ޕްރޮގްރާމުގައި މުސްތޮ ވަނީ މުސްތޮއަށް ކުރެވިފައިވާ ބައެއް ތަޖުރިބާތައްވެސް ޙިއްސާ ކުރައްވާފައެވެ. އެގޮތުން ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިވެފައިވާ ދުވަސްވަރު އެތައް ތަނެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނު ކަމަށާއި، ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤުލާލު ގެއްލިދާނެ ކަމުގެ އިހްސާސް ވަރަށް ބޮޑަށް ކުރެވުނު ކަމަށެވެ.

ހަމައެހެންމެ، ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ މި ވެރިކަމުގައި ރާއްޖޭގެ އެންމެހާ މަސައްކަތްތެރިންނާއި ޚިދުމަތްތެރިންނަށްވެސް އުފާ ފާގަތިކަން ލިބިގެންދާނެ ކަމަށާއި، ރައްޔިތުންގެ ބޯހިޔާވަހިކަމަށްވެސް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށް މުސްތޮ ވިދާޅުވިއެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

19 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

22 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy