މާލޭ ގެއެއްގެ ތެރޭ ދެ ލޯބިވެރިންގެ މެދުގައި ހިންގި ޒުވާބެއް ހޫނުވެ، ފިރިހެން މީހާގެ ބުރަކައްޓަށް އަންހެން މީހާ ވަޅިން ހަމަލާ ދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ ދެ މީހުން މާލޭ ގެއެއްގެ ތެރޭގައި ހިންގި ޒުވާބެއްގެ ތެރެއިން ހަމަނުޖެހުން ހިންގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލަ ފުލުހަށް ހުށަހެޅީ މިއަދު ހެނދުނު 10:05 އެހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ.
އެ ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށާއި މި މާރާމާރީގައި ދެމީހުންނަށް އަނިޔާވެފައި ވާތީ ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި މިހާތަނަށް ބެލިބެލުމުން އެއީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުންކަން އެނގިފައިވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންވެ.
ކޮމެންޓް