ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވައިލައްވައިފި

ރައީސް ޑރ. މުއިއްޒު ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޮލަމް ސަރްވާރްއާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވައިލައްވައިފި އެވެ.

އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ "ސާކް ޗާޓާ ޑޭ"ގެ މުނާސަބަތުގައި ސާކްގެ ސެކެޓްރީ ޖެނެރަލަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ.

ރައީސްގެ މެސެޖުގައި، ސާކްގެ ރޫހު އަލުން އާލާ ކުރުމުގެ ގޮތުން އިތުބާރު ކަށަވަރުކުރުމަށް ސާކް ސަމިޓް އަލުން ބޭއްވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ. ދެކުނު އޭޝިއާގެ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމާއެކު، ސަރަހައްދުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވޭނީ އެއްބައިވަންތަކަމާއި، އެއްބާރުލުން އިތުރުކޮށް، މަޝްވަރާގެ އުސޫލުން ކަމަށް ވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި، އިޔާދަކުރަނިވި ހަކަތަ ތަރައްގީކުރުމާއި، އާންމު ޞިއްޙަތާއި، ފުޑް ސެކިއުރިޓީ ކަށަވަރުކުރުމާއި، އިޤުތިޞާދީ ހަމަހަމަކަން ކަށަވަރުކުރުމާއި، ދެމެހެއްޓެނިވި، ހިއްސާވާ ތަރައްޤީ ކަށަވަރުކުރުންފަދަ ނާޒުކު މައްސަލަތަކަށް ޙައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ސާކާއި ސާކުގެ ގުނަވަންތަކަކީ މިފަދަ ގޮންޖެހުންތަކަށް ހައްލުހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއްކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ދެކުނު އޭޝިއާގެ ރައްޔިތުންނަށް އުފާވެރި، އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ޓަކައި، ސާކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ޝާމިލުވުން އިތުރުކުރުމަށް ރާއްޖެއިން އަބަދު ވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ. އަދި، މި ފަދަ މަސައްކަތްތަކުން ސަރަހައްދުގެ އަމަން އަމާންކަމާއި، ތަރައްގީ އާއި، ފުދުންތެރިކަން އިތުރުވެގެންދާނޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ސާކް ޗާޓާ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.

ކޮމެންޓް

team

ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނަން: ރައީސް

42 މިނިޓު ކުރިން
team

ރަސްމާލެ މަޝްރޫއު: މުޅިއެކު 215 ހެކްޓަރުގެ ބިން ހިއްކައިފި

7 ގަޑިއިރު ކުރިން
team

ދެ ލޯބިވެރިންގެ މެދުގައި ޒުވާބު ހިންގައި ވަޅި ހަރައިފި

12 ގަޑިއިރު ކުރިން
team

ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީއަކަށް ޝަހީދު އައްޔަން ކޮށްފި

1 ދުވަސް ކުރިން
team

ތަހުގީގު އޮފިސަރާ ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފި

1 ދުވަސް ކުރިން
team

ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭ ގޮތަށް ހަދަނީ

1 ދުވަސް ކުރިން
team

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފަހި ބަދަލުތަކެއް

1 ދުވަސް ކުރިން
team

ފަޒުލް ރަޝީދުއަށް ދައުވާ ނުކުރަން ނިންމައިފި

1 ދުވަސް ކުރިން
team

55 ކައުންސިލް އިދާރާގެ މަސައްކަތް ޖޫނަށް ނިންމަނީ

2 ދުވަސް ކުރިން
team

އެމްޑީޕީން ފުލެޓު އަތުލާފައިވާ ފަރާތްތަކަށް މި ސަރުކާރުން ފުލެޓު ދޭނެ: ރައީސް

2 ދުވަސް ކުރިން
team

ރައީސް ގެ މަސައްކަތް ބެލެނިވެރިން ބަލައިގަންނަނީ އުފަލާ އެކު: ސިނާން

2 ދުވަސް ކުރިން
team

ވައިބާ އެކައުންޓް ހެކްކޮށްގެން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މީހަކު ހައްޔަރުކޮށްފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy