ތަހުގީގު އޮފިސަރާ ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ފުލުހުން ގާއިމުކޮށްފި އެވެ.
ފުލުހުންގެ ހިދުމަތުގެ އައު ޕްރޮޑަކްޓްތަކާއި ހިދުމަތްތައް އިފުތިތާހު ކުރީ މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގައި ބޭއްވި "ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކަނެކްޓް 2025" އިވެންޓްގަ އެވެ.
އެ އިވެންޓްގައި ވަނީ އިތުރު ގިނަ ފީޗަރސްތަކާއެކު ޕޮލިސް އެޕްލިކޭޝަން އިފުތިތާހުކޮށްފަ އެވެ.
ޕޮލިސް އެޕްލިކޭޝަންގެ ފީޗާސް ތަކަށް ބަލާއިރު އެންމެ ހާއްސަ ފީޗާއަކީ ހިދުމަތަށް ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ހޯދުމަށް ޓަކައި މައްސަލަ ބަލާ ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެވެ.
އެޕްލިކޭޝަން ހިމެނޭ އެހެން ފީޗާސް ތަކަކީ ސްކޭމް ޗެކް ކުރެވުމާއި އެޕްލިކޭޝަން މެދުވެރިކޮށް ޕޮލިސް ސެޓްފިކެޓަށް އެދުމާއި މައްސަލަ ރިޕޯޓް ކުރުމާއި އެވިޑެންސް ސަބްމިޝަން، އަވައްޓެރި ފުލުހުންނާ ގުޅޭނެ ނަންބަރުތަކާއި ޕޮލިސް ސެޓްފިކެޓް ވެރިފިކޭޝަން، ކޭސް އަޕްޑޭޓްސް، ލޮސްޓް އެންޑް ފައުންޑް ފަދަ ފީޗާސް ތަކެވެ.
މިއަދު އިފުތިތާހު ކުރި ސައިބާ ޕޯޓަލަކީ މުޖުތަމައުގައި ހިނގާ ސައިބާ ކުށްތައް ދެނެގަނެ އެކަމުން މުޖުތަމައު ރައްކާތެރި ކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ޑިޖިޓަލް ޕްލެޓްފޯމެކެވެ.
އެ ޕްލެޓްފޯމް މެދުވެރިކޮށް ފުލުހުންނަށް ރިޕޯޓް ކުރެވިފައިވާ ސްކޭމްއާ ގުޅޭ ގޮތުން ދައުރުވާ ލިންކުތަކާއި މެސެޖްތަކާއި ފޯނު ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް ސާޗް ކުރެވޭނެ ގޮތަށް ތައްޔާރު ކޮށްފައިވާ ޕްލެޓްފޯމެކެވެ.
ކޮމެންޓް