ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭ ގޮތަށް ހަދަނީ

ރައީސުލްޖުމްހޫރިއްޔާ، ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ބައެއް ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން އިތުރު ކަންކަމަށް ފައިސާ ބޭނުން ކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް، ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މި ގޮތަށް ވިދާޅުވީ ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ކަލާފާނު އިސްކޫލުގައި ރޭ ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ‏ޕެންޝަން ފަންޑު ބޭނުން ކުރެވޭ މިންވަރު އިތުރު ކުރެވޭނެ ގޮތެއް އޮތްތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ބައެއް ހާއްސަ ހާލަތްތަކުގައި އެ ފަންޑުން އިތުރު ކަންކަމަށް ފައިސާ ބޭނުން ކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުން އެކި ދާއިރާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް އަޑުއައްސަވައި، އޮންނަ އުސޫލުތަކުގެ ތެރެއިން، ވީހާ ވެސް އީޖާބީ ގޮތެއްގައި އެ ކަންކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނޭކަމުގެ ޔަގީންކަން ވެސް ރައީސް ޑރ. މުއިއްޒު ރޭ ވަނީ ދެއްވާފަ އެވެ.

ކޮމެންޓް

team

ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނަން: ރައީސް

9 މިނިޓު ކުރިން
team

ރަސްމާލެ މަޝްރޫއު: މުޅިއެކު 215 ހެކްޓަރުގެ ބިން ހިއްކައިފި

7 ގަޑިއިރު ކުރިން
team

ދެ ލޯބިވެރިންގެ މެދުގައި ޒުވާބު ހިންގައި ވަޅި ހަރައިފި

11 ގަޑިއިރު ކުރިން
team

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވައިލައްވައިފި

13 ގަޑިއިރު ކުރިން
team

ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީއަކަށް ޝަހީދު އައްޔަން ކޮށްފި

1 ދުވަސް ކުރިން
team

ތަހުގީގު އޮފިސަރާ ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފި

1 ދުވަސް ކުރިން
team

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފަހި ބަދަލުތަކެއް

1 ދުވަސް ކުރިން
team

ފަޒުލް ރަޝީދުއަށް ދައުވާ ނުކުރަން ނިންމައިފި

1 ދުވަސް ކުރިން
team

55 ކައުންސިލް އިދާރާގެ މަސައްކަތް ޖޫނަށް ނިންމަނީ

1 ދުވަސް ކުރިން
team

އެމްޑީޕީން ފުލެޓު އަތުލާފައިވާ ފަރާތްތަކަށް މި ސަރުކާރުން ފުލެޓު ދޭނެ: ރައީސް

2 ދުވަސް ކުރިން
team

ރައީސް ގެ މަސައްކަތް ބެލެނިވެރިން ބަލައިގަންނަނީ އުފަލާ އެކު: ސިނާން

2 ދުވަސް ކުރިން
team

ވައިބާ އެކައުންޓް ހެކްކޮށްގެން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މީހަކު ހައްޔަރުކޮށްފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy