ރައީސް ގެ މަސައްކަތް ބެލެނިވެރިން ބަލައިގަންނަނީ އުފަލާ އެކު: ސިނާން

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން‏‎ ---

ދިވެހި ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ކުރައްވާ މަސައްކަތް ބެލެނިވެރިން ބަލައިގަންނަނީ އުފަލާ އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެ އެވެ.

ސިނާން، މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކުދިން ތަރުބިއްޔަތު ކުރުމުގައި އިސްކޫލު ދައުރުގައި ރަނގަޅު އާދަކާދަ ތަކާއި ރިވެތި އަހުލާގީ މިންގަޑުތައް ދަރިވަރުންނަށް އަށަގެންނެވުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމީ ދިވެހި ކޮންމެ ދަރިވަރެއްގެ ބެލެނިވެރިން ވެސް އިއްތިފާގު ވާ ހަގީގަތެއް ކަމަށެވެ. އެ ގޮތުން މި ފަހުން އިސްކޫލު ކުދިންގެ ޔުނިފޯމަށް ގެނައި ބަދަލަކީ ހެޔޮ ބަދަލެއް ގޮތުގައި ހުރިހާ ބެލެނިވެރިންވެސް ބަލައިގަންނަ ކަމަށް ސިނާން ވިދާޅުވި އެވެ.

"މި ކަމާ މޭ ކަރައިގެން މި އުޅެނީ ސްކޫލަށް ދާ ވަރައްވުރެ ބޮޑެތި ކުދިން ތިބި އިދިކޮޅު ސިޔާސީ، ހޭބުއްދި ނުޖެހޭ މަދު ބައެއް. ދިވެހި ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތެއް ދެއްވުމަށް ރައީސް ތި ކުރައްވާ މަސައްކަތްޕުޅުތައް ބެލެނިވެރިން އުފަލާއެކު ބަލައިގަނޭ،" ސިނާންގެ ޕޯސްޓުގައިވެ އެވެ.

ސަރުކާރު އިސްކޫލުތަކުގެ ރަސްމީ ޔުނިފޯމް އަދި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މި ގެންނަ ބައެއް ބަދަލުތަކުގެ ތެރޭގައި ކީ ސްޓޭޖު-2 ނޫނީ ގްރޭޑް ހަތަރަކުން މަތީގެ ދަރިވަރުންނަށް ޔުނިފޯމާ އެކު ތިރިން ހަރުވާޅު ލާން ޖެހޭނެ އެވެ. މީގެ އިތުރުން ގްރޭޑް ނުވައަކުން ފެށިގެން މަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭނެ ކަމަށް އައު އުސޫލުގައިވެ އެވެ.

ކޮމެންޓް

team

ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނަން: ރައީސް

8 މިނިޓު ކުރިން
team

ރަސްމާލެ މަޝްރޫއު: މުޅިއެކު 215 ހެކްޓަރުގެ ބިން ހިއްކައިފި

7 ގަޑިއިރު ކުރިން
team

ދެ ލޯބިވެރިންގެ މެދުގައި ޒުވާބު ހިންގައި ވަޅި ހަރައިފި

11 ގަޑިއިރު ކުރިން
team

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވައިލައްވައިފި

13 ގަޑިއިރު ކުރިން
team

ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީއަކަށް ޝަހީދު އައްޔަން ކޮށްފި

1 ދުވަސް ކުރިން
team

ތަހުގީގު އޮފިސަރާ ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފި

1 ދުވަސް ކުރިން
team

ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭ ގޮތަށް ހަދަނީ

1 ދުވަސް ކުރިން
team

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފަހި ބަދަލުތަކެއް

1 ދުވަސް ކުރިން
team

ފަޒުލް ރަޝީދުއަށް ދައުވާ ނުކުރަން ނިންމައިފި

1 ދުވަސް ކުރިން
team

55 ކައުންސިލް އިދާރާގެ މަސައްކަތް ޖޫނަށް ނިންމަނީ

1 ދުވަސް ކުރިން
team

އެމްޑީޕީން ފުލެޓު އަތުލާފައިވާ ފަރާތްތަކަށް މި ސަރުކާރުން ފުލެޓު ދޭނެ: ރައީސް

2 ދުވަސް ކުރިން
team

ވައިބާ އެކައުންޓް ހެކްކޮށްގެން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މީހަކު ހައްޔަރުކޮށްފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy