ތިނަދޫއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގެތަކަށް ގެއްލުން ވެއްޖެ

ގދ. ތިނަދޫއަށް ވާރޭ ވެހި ފެންބޮޑުވެފައި: ފޮޓޯ/ އެމްއެންޑީއެފް

ގދ. ތިނަދޫއަށް ބޯކޮށް ވާރޭ ވެހި ގެތަކަށް ގެއްލުން ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި ތިނަދޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ތިނަދޫ އަށް ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނާ ހަމައަށް ވެހުނު ވާރޭގައި ބައެއް ގެތަކަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. އަދި ބައެއް ގޭގޭގެ ކޮޓަރީގައި ހުރި އެނދާއި ގޮދަޑީގެ އިތުރުން ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި މި ވިއްސާރާގައި ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވެސް ފެން ވަދެފައިވެ އެވެ.

ތިނަދޫއަށް ވިއްސާރާގައި ލިބުނު ގެއްލުމުގެ ތަފުސީލު އަދި ސާފުވާ ގޮތެއް ނުވެ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދު 17:00 އާ ހަމައަށް އުތުރާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި މެދު ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ.

ކޮމެންޓް

team

ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނަން: ރައީސް

9 މިނިޓު ކުރިން
team

ރަސްމާލެ މަޝްރޫއު: މުޅިއެކު 215 ހެކްޓަރުގެ ބިން ހިއްކައިފި

7 ގަޑިއިރު ކުރިން
team

ދެ ލޯބިވެރިންގެ މެދުގައި ޒުވާބު ހިންގައި ވަޅި ހަރައިފި

11 ގަޑިއިރު ކުރިން
team

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވައިލައްވައިފި

13 ގަޑިއިރު ކުރިން
team

ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީއަކަށް ޝަހީދު އައްޔަން ކޮށްފި

1 ދުވަސް ކުރިން
team

ތަހުގީގު އޮފިސަރާ ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފި

1 ދުވަސް ކުރިން
team

ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭ ގޮތަށް ހަދަނީ

1 ދުވަސް ކުރިން
team

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފަހި ބަދަލުތަކެއް

1 ދުވަސް ކުރިން
team

ފަޒުލް ރަޝީދުއަށް ދައުވާ ނުކުރަން ނިންމައިފި

1 ދުވަސް ކުރިން
team

55 ކައުންސިލް އިދާރާގެ މަސައްކަތް ޖޫނަށް ނިންމަނީ

1 ދުވަސް ކުރިން
team

އެމްޑީޕީން ފުލެޓު އަތުލާފައިވާ ފަރާތްތަކަށް މި ސަރުކާރުން ފުލެޓު ދޭނެ: ރައީސް

2 ދުވަސް ކުރިން
team

ރައީސް ގެ މަސައްކަތް ބެލެނިވެރިން ބަލައިގަންނަނީ އުފަލާ އެކު: ސިނާން

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy