ރައީސް، ރައްޔިތުންނާ ބައްދަލުކުރައްވަނީ ހެޔޮނިޔަތުގައި: ޝަކީލް

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލް: ފޮޓޯ/ އަވަސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވަނީ ހެޔޮނިތުގައި ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

ޝަކީލް މި ގޮތަށް ވިދާޅުވިއިރު، މިދިޔަ ނޮވެމްބަރު 23 އިން ފަށައިގެން ރައީސް ގެންދަވަނީ މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް ވަނީ ވިލިމާލެ އާއި މައްޗަންގޮޅި އަދި މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުންތަކުގެ ބޭނުމަކީ އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދެއްވުމެވެ. އަދި ހައްލުކޮށް ދެވެން ހުރި ކަންކަން ހައްލުކޮށް ދެއްވުމެވެ.

އެމްޑީ ޝަކީލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަމުން އެ ގެންދަވަނީ ހެޔޮ ނިޔަތުގައި އަދި އެ މަނިކުފާނުގެ ސަރުކާރުގެ ތެރެއިން ރައްޔިތުން އެދޭ ކަންކަން ސީދާ ރައްޔިތުންގެ ކިބައިން ދެނެގަނެ، އެ ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މާތް މަގުސަދުގައި ކަމަށެވެ.

އިދިކޮޅަށް ފާޑުކިޔުއްވަމުން ޝަކީލް ވިދާޅުވީ މި ފަދަ މާތް މަގުސަދެއްގައި ރައީސް ކުރައްވަމުން ގެންދަވާ ކަމަކަށް ހުރަސް އެޅޭ ގޮތަށް އިދިކޮޅު ފަރާތްތަކުން ކުރާ ކަންކަމުން ދޭހަ ވަނީ އިދިކޮޅު ފަރާތްތަކުން ތިބީ މި ގައުމަށާއި ގައުމުގެ ރައްޔިތުންނަށް ހެވެއް އެދިގެނެއް ނޫންކަން ކަމަށެވެ.

"ވީދިފައިވާ އިޖުތިމާއީ ފޭރާން އިއާދަ ކުރުމަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގައި ބަރަކާތް ލައްވާށި، އާމީން،" ޝަކީލްގެ ޕޯސްޓުގައިވެ އެވެ.

ވެރިކަމުގެ ދެ އަހަރު ތެރޭ ‏ރައީސް ޑރ. މުއިއްޒު ‏ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. މީގެ ތެރެއިން 63 ރަށަކަށް އެ މަނިކުފާނު ދެ ފަހަރަށް ވަޑައިގަތެވެ.

ކޮމެންޓް

team

ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނަން: ރައީސް

9 މިނިޓު ކުރިން
team

ރަސްމާލެ މަޝްރޫއު: މުޅިއެކު 215 ހެކްޓަރުގެ ބިން ހިއްކައިފި

7 ގަޑިއިރު ކުރިން
team

ދެ ލޯބިވެރިންގެ މެދުގައި ޒުވާބު ހިންގައި ވަޅި ހަރައިފި

11 ގަޑިއިރު ކުރިން
team

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވައިލައްވައިފި

13 ގަޑިއިރު ކުރިން
team

ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީއަކަށް ޝަހީދު އައްޔަން ކޮށްފި

1 ދުވަސް ކުރިން
team

ތަހުގީގު އޮފިސަރާ ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފި

1 ދުވަސް ކުރިން
team

ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭ ގޮތަށް ހަދަނީ

1 ދުވަސް ކުރިން
team

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފަހި ބަދަލުތަކެއް

1 ދުވަސް ކުރިން
team

ފަޒުލް ރަޝީދުއަށް ދައުވާ ނުކުރަން ނިންމައިފި

1 ދުވަސް ކުރިން
team

55 ކައުންސިލް އިދާރާގެ މަސައްކަތް ޖޫނަށް ނިންމަނީ

1 ދުވަސް ކުރިން
team

އެމްޑީޕީން ފުލެޓު އަތުލާފައިވާ ފަރާތްތަކަށް މި ސަރުކާރުން ފުލެޓު ދޭނެ: ރައީސް

2 ދުވަސް ކުރިން
team

ރައީސް ގެ މަސައްކަތް ބެލެނިވެރިން ބަލައިގަންނަނީ އުފަލާ އެކު: ސިނާން

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy