ސަނީ އުމަރު ފުރަން އެއާޕޯޓުގައި ހުއްޓާ ހިފަހައްޓައިފި

ސަނީ އުމަރު ފުރަން އެއާޕޯޓުގައި ހުއްޓާ ވަނީ ހިފަހައްޓާފައި – ފޮޓޯ/ ސޯޝަލް މީޑިއާ

މަޝްހޫރު ވިޔަފާރި ވެރިޔާ ޑރ. ސަނީ އުމަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަން ގޮސް ހުއްޓާ މިރޭ ހިފަހައްޓައިފި އެވެ.

ފުލުހުން މިއަދު ބުނީ ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާތީ، އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެ ގޮތުން އޭނާ މިއަދު ވަނީ އެ މައްސަލައާ ބެހޭ ގޮތުން ސުވާލުކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް އޭނާ ހައްޔަރެއް ނުކުރެ އެވެ.

އެހެންކަމުން ބެލޭ ގޮތުގައި އޭނާ މަސައްކަތް ކުރީ ރާއްޖެއިން ފިލައިގެން ދާށެވެ.

ފުލުހުން ދާދި ދެންމެއަކު ބުނީ ސަނީ އުމަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެއާޕޯޓުގައި ހުއްޓާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

މި މައްސަލައިގެ ތުހުމަތު އަމާޒުވުމާއެކު ސަނީގެ ހިއްސާ އޮންނަ ދަ ޓްރެވެލް ޕްރައިވެޓް ލިމިޓެޑުން އޭނާ ވަކި ކުރަން އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

team

އެކްސިޑެއްޓެއްގައި އަނިޔާވި ބަޔަކަށް އިހުސާންގެ އެހީތެރިކަން

13 ގަޑިއިރު ކުރިން
team

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް، ރަސްމާލެ ހިއްކުން ތިން ގުނަ ހަލުވިކޮށްފި

14 ގަޑިއިރު ކުރިން
team

އެފްއޭއެމް ވިމެންސް ލީގުގެ ފުރަތަމަ މެޗުގެ ޝަރަފުވެރި މެހެމާނަކީ މެޑަމް ސާޖިދާ

15 ގަޑިއިރު ކުރިން
team

އެއިޑްސް ނައްތައިލުމަކީ އެންމެން ގުޅިގެން އަދާ ކުރަން ޖެހޭ ޒިންމާއެއް: ރައީސް

18 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ 2025" ފަށައިފި

18 ގަޑިއިރު ކުރިން
team

އެމްޓީސީސީން ލަންކާ ރައްޔިތުންނަށް އެހީވުމަށް އެއް ލައްކަ ރުފިޔާ

19 ގަޑިއިރު ކުރިން
team

އައު ޓާމިނަލުން އުޒްބެކިސްތާންގެ ސެންޓްރަމް އެއާ އަށްވެސް ހިދުމަތް ދޭން ފަށައިފި

19 ގަޑިއިރު ކުރިން
team

ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހިދުމަތް މެދުކަނޑާލައިފި

20 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން ލަންކާ އަށް އެހީވުމަށް 250،000 ރުފިޔާ

21 ގަޑިއިރު ކުރިން
team

އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް

23 ގަޑިއިރު ކުރިން
team

ތައިލެންޑާއެކު ރާއްޖެއިން ކުޅިވަރާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

1 ދުވަސް ކުރިން
team

ދިވެހި ހައްޖާޖީންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭން މަޝްވަރާކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy