އެއިޑްސް ނައްތައިލުމަކީ އެންމެން ގުޅިގެން އަދާ ކުރަން ޖެހޭ ޒިންމާއެއް: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް

އެއިޑްސް ނައްތައިލުމަކީ ވަކި ގައުމަކަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި އެއީ ބައިނަލްއަގުވާމީ މުޖުތަމައު އެކުގައި ގުޅިލާމެހިގެން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު  ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައު އެކުގައި ގުޅިގެން މަސައްކަތްކޮށްފިނަމަ، 2030 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔެއިން އެއިޑްސް ނައްތާލެވޭނެ ކަމަށެވެ. އަދި މި ދަތުރަކީ ފަރުދީ ފެންވަރުގައި ފެށެންޖެހޭ ދަތުރެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަ ކުރެއްވި  އެވެ.

‏ދުނިޔޭގެ އެއިޑްސް ދުވަހުގެ‏ މި އަހަރުގެ ޝިއާރަކީ ''އޯވަކަމިން ޑިސްޓްރަޕްޝަން، ޓްރާންސްފޯމިން ދަ އެއިޑްސް ރެސްޕޯންސް'' އެވެ.

މި ޝިއާރަށް އަލިއަޅުއްވާލައްވައި އެ މަނިކުފާނު ވަނީ، މަންމައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޓިސް ބީ ވާރުތަވުން ހުއްޓުވައި، "ޓްރިޕްލް އެލިމިނޭޓް'' ވި ދުނިޔޭގެ ފުރަތަމަ ގައުމަކީ ރާއްޖެކަން ފާހަގަ ކުރައްވާފަ އެވެ. މި ކަމަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކާއެކު ސިއްހީ ފަރުވާ ކަށަވަރު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ކާމިޔާބީ ދައްކުވައިދޭ ކަމެއް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއިން ހޯދާފައިވާ މި ފަދަ ކާމިޔާބީ ތަކަކީ ބައިނަލްއަގުވާމީ ފަރާތްތަކާއި އެކު އޮންނަ ބަދަހި ގުޅުންތަކާއި އެއްބައިވަންތަކަމާއެކު އިލްމު ބަދަލު ކުރުމުގެ ތެރެއިން އެންމެން ގުޅިގެން އީޖާދީ ގޮތުން ވެސް ކުރެވުނު މަސައްކަތުން ހާސިލު ކުރެވުނު ކާމިޔާބީތަކެއް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އެއިޑްސް އާއި ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމާއި މީހުން ހޭލުންތެރި ކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ އެއް ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ އެއިޑްސް ދުވަހުގެ ގޮތުގަ އެވެ.

ކޮމެންޓް

team

އެކްސިޑެއްޓެއްގައި އަނިޔާވި ބަޔަކަށް އިހުސާންގެ އެހީތެރިކަން

13 ގަޑިއިރު ކުރިން
team

ސަނީ އުމަރު ފުރަން އެއާޕޯޓުގައި ހުއްޓާ ހިފަހައްޓައިފި

13 ގަޑިއިރު ކުރިން
team

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް، ރަސްމާލެ ހިއްކުން ތިން ގުނަ ހަލުވިކޮށްފި

14 ގަޑިއިރު ކުރިން
team

އެފްއޭއެމް ވިމެންސް ލީގުގެ ފުރަތަމަ މެޗުގެ ޝަރަފުވެރި މެހެމާނަކީ މެޑަމް ސާޖިދާ

15 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ 2025" ފަށައިފި

18 ގަޑިއިރު ކުރިން
team

އެމްޓީސީސީން ލަންކާ ރައްޔިތުންނަށް އެހީވުމަށް އެއް ލައްކަ ރުފިޔާ

19 ގަޑިއިރު ކުރިން
team

އައު ޓާމިނަލުން އުޒްބެކިސްތާންގެ ސެންޓްރަމް އެއާ އަށްވެސް ހިދުމަތް ދޭން ފަށައިފި

19 ގަޑިއިރު ކުރިން
team

ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހިދުމަތް މެދުކަނޑާލައިފި

20 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން ލަންކާ އަށް އެހީވުމަށް 250،000 ރުފިޔާ

21 ގަޑިއިރު ކުރިން
team

އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް

23 ގަޑިއިރު ކުރިން
team

ތައިލެންޑާއެކު ރާއްޖެއިން ކުޅިވަރާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

1 ދުވަސް ކުރިން
team

ދިވެހި ހައްޖާޖީންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭން މަޝްވަރާކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy