އެމްޓީސީސީން ލަންކާ ރައްޔިތުންނަށް އެހީވުމަށް އެއް ލައްކަ ރުފިޔާ

އެމްޓީސީސީން ލަންކާ ރައްޔިތުންނަށް އެހީވުމަށް ދޭ އެއް ލައްކަ ރުފިޔާގެ ރަމްޒީ ޗެކް ހަވާލުކުރުން: ފޮޓޯ/ އެމްޓީސީސީ

ސްރީލަންކާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ކުރިއަށް ގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

ފައިސާގެ އެހީ ހަވާލުކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާތިމަތު ޖަބީން ވަނީ މި ދަތި ހާލަތުގައި ލަންކާގެ ރައްޔިތުންނާއެކު ތިބި ކަމަށް ވިދާޅުވެ، އެ ކުންފުނީގެ މެނޭޖުމެންޓާއި މުވައްޒަފުންގެ ފަރާތުން ލަންކާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވާފަ އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ހެނދު 9:00 ގައި ފެށި މި ޓެލެތޯން މިއަދު މެންދުރު ފަހު 2:00 އާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. އަދި މިހާރު ފޮށިތައް ގުނުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް މި ޓެލެތޯނަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ. އެއީ ޑޮލަރު އެކައުންޓަށް ލިބުނު 43،681.31 ޑޮލަރާއެކުގަ އެވެ.

މިއީ ޕީއެސްއެމް އާއި ރާއްޖޭގެ 38 މީޑިއާއަކުން ގުޅިގެން ސްރީލަންކާ އަށް އަރައިގެން އުޅޭ ތޫފާން ދިތުވާނެ ސަބަބުން އެ ގައުމަށް ލިބެމުން އަންނަ ގެއްލުންތަކުން އަރައިގަތުމަށް ޓަކައި އެހީތެރިކަން ފޯރުކޮށްދޭން ކުރިއަށް ގެންދާ ޓެލެތޯނެކެވެ.

ކޮމެންޓް

team

އެކްސިޑެއްޓެއްގައި އަނިޔާވި ބަޔަކަށް އިހުސާންގެ އެހީތެރިކަން

13 ގަޑިއިރު ކުރިން
team

ސަނީ އުމަރު ފުރަން އެއާޕޯޓުގައި ހުއްޓާ ހިފަހައްޓައިފި

13 ގަޑިއިރު ކުރިން
team

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް، ރަސްމާލެ ހިއްކުން ތިން ގުނަ ހަލުވިކޮށްފި

14 ގަޑިއިރު ކުރިން
team

އެފްއޭއެމް ވިމެންސް ލީގުގެ ފުރަތަމަ މެޗުގެ ޝަރަފުވެރި މެހެމާނަކީ މެޑަމް ސާޖިދާ

15 ގަޑިއިރު ކުރިން
team

އެއިޑްސް ނައްތައިލުމަކީ އެންމެން ގުޅިގެން އަދާ ކުރަން ޖެހޭ ޒިންމާއެއް: ރައީސް

17 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ 2025" ފަށައިފި

18 ގަޑިއިރު ކުރިން
team

އައު ޓާމިނަލުން އުޒްބެކިސްތާންގެ ސެންޓްރަމް އެއާ އަށްވެސް ހިދުމަތް ދޭން ފަށައިފި

19 ގަޑިއިރު ކުރިން
team

ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހިދުމަތް މެދުކަނޑާލައިފި

20 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން ލަންކާ އަށް އެހީވުމަށް 250،000 ރުފިޔާ

21 ގަޑިއިރު ކުރިން
team

އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް

23 ގަޑިއިރު ކުރިން
team

ތައިލެންޑާއެކު ރާއްޖެއިން ކުޅިވަރާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

1 ދުވަސް ކުރިން
team

ދިވެހި ހައްޖާޖީންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭން މަޝްވަރާކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy