މިރެއަކީ ކޭޖީއެމްގެ ފަހު ރޭ، އަވަހަށް ޓިކެޓް ނަގާ

ކޮސް ގިނަ މިސްޓޭކްގެ ޕޯސްޓަރެއް --

ކޮސް ގިނަ މިސްޓޭކްގެ އެންމެ ފަހު ޝޯ އޮލިމްޕަހުގައި ދެއްކުމަށް މިރޭ ވަނީ ހަމަޖެހެފައެވެ.

މި ޝޯގެ ޓިކެޓް މިހާރު އޮލިމްޕަސް ކައުންޓަރުން ލިބެން ހުންނާނެ ކަމަށް ކޭޖީއެމް ޓީމުން ވަނީ ބުނެފައެވެ. ފިލްމްގެ އެތައް ހައުސްފުލް ޝޯތަކެއް މިހާރުވެސް ވަނީ އަޅުވާފައެވެ.

ސެޓާން ސްޓޫޑިއޯއާއި ޝައި ޕްރޮޑަކަޝަން ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް) އަށް ގިނަ ބައެއްގެ ތަރުހީބު ލިބެއްޖެ އެވެ.

"ކޮސް ގިނަ މިސްޓޭކް" ވެފައި ވަނީ މި އަހަރު އޮލިމްޕަހުގައި ރަހަތަފާތު ކޮށްލި ފިލްމަކަށެވެ. ލޯބީގެ އިތުރުން ހިތްދަތި ކަމާއި، އިޖުތިމާއީ ފިލްމުތަކަށް ފަހު ބެލުންތެރިން ހެއްވާލާ މަޖާ ފިލްމެއްގެ ގޮތުގައި ކޮސް ގިނަ މިސްޓޭކް އޮލިމްޕަސް ސިނަމާއަށް މި އައީ ބޮޑު ތަފާތަކާ އެކީގަ އެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ވާހަކައަކަށް އުފެއްދި މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރު އަދި ކުޅަދާނަ ޑައިރެކްޓަރު އަލީ ސީޒަން އެވެ. މި ފިލްމަކީ މި ފަހުގެ ތާރީހެއްގައި ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއް ފިލްމަކުން ފެނުނު އެއް ފިލްމު ވެސް މެ އެވެ.

އެ ގޮތުން، ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ސީޒަން، އާމިނަތު ރިޝްފާ، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، އަލީ އާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަންގެ އިތުރުން ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

team

ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނަން: ރައީސް

9 މިނިޓު ކުރިން
team

ރަސްމާލެ މަޝްރޫއު: މުޅިއެކު 215 ހެކްޓަރުގެ ބިން ހިއްކައިފި

7 ގަޑިއިރު ކުރިން
team

ދެ ލޯބިވެރިންގެ މެދުގައި ޒުވާބު ހިންގައި ވަޅި ހަރައިފި

11 ގަޑިއިރު ކުރިން
team

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވައިލައްވައިފި

13 ގަޑިއިރު ކުރިން
team

ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީއަކަށް ޝަހީދު އައްޔަން ކޮށްފި

1 ދުވަސް ކުރިން
team

ތަހުގީގު އޮފިސަރާ ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފި

1 ދުވަސް ކުރިން
team

ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭ ގޮތަށް ހަދަނީ

1 ދުވަސް ކުރިން
team

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފަހި ބަދަލުތަކެއް

1 ދުވަސް ކުރިން
team

ފަޒުލް ރަޝީދުއަށް ދައުވާ ނުކުރަން ނިންމައިފި

1 ދުވަސް ކުރިން
team

55 ކައުންސިލް އިދާރާގެ މަސައްކަތް ޖޫނަށް ނިންމަނީ

1 ދުވަސް ކުރިން
team

އެމްޑީޕީން ފުލެޓު އަތުލާފައިވާ ފަރާތްތަކަށް މި ސަރުކާރުން ފުލެޓު ދޭނެ: ރައީސް

2 ދުވަސް ކުރިން
team

ރައީސް ގެ މަސައްކަތް ބެލެނިވެރިން ބަލައިގަންނަނީ އުފަލާ އެކު: ސިނާން

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy