"އިލްޒާމް" އަށް އޮތް ތަރުހީބަށް ‏ފަނޑު ކަމެއް‏ ނައިސް، ޝްވެކަށް މިސްރާބު ޖަހައިފި

ޕްރިމިއާ ނައިޓްގެ ތެރެއިން

އޮލިމްޕަހުގައި ހައުސްފުލް ޝޯ ތަކެއް ދެއްކުމަށްފަހު ދިވެހި ފިލްމު "އިލްޒާމް" ޝްވެކް ސިނަމާގައި އަޅުވަން ނިންމައިފި އެވެ.

ޝްވެކްގައި އިލްޒާމް ގެ ޝޯތައް އަޅުވަން ޕްރޮޑަކްޝަން ޓީމުން ނިންމާފައި ވަނީ މި މަހުގެ 20، 21، އަދި 22 ވަނަ ދުވަހުގެ ރޭ 8:30 ގަ އެވެ.

އިލްޒާމްގެ ޓިކެޓް ގަތުމަށް ބޭނުން ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެ ގޮތުން އެމްސިކްސް ގިފްޓުން މިހާރު އިލްޒާމްގެ ޓިކެޓް ވިއްކާނެ އެވެ. އަދި 7732010 މި ނަންބަރަށް ގުޅައިގެން ވެސް އިލްޒާމްގެ ޓިކެޓް ގަނެވޭނެ އެވެ.

IMG_5729.jpeg
އިލްޒާމް ޝޯ ގެ ތެރެއިން

އިލްޒާމް އޮލިމްޕަހުން ކާމިޔާބު ކަމާއެކީ ނިންމާލި ނަމަވެސް ދެ ވަނަ ފަހަރު އިލްޒާމް ބަލާލަން ބޭނުން މީހުން ގިނަކަން ފާހަގަ ކުރެވެ އެވެ.

މި ފިލްމުގެ ހައުސްފުލް ގިނަ ޝޯތަކެއް އޮލިމްޕަހުގައި ދައްކާފައިވާއިރު ފިލްމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލުބުނުކަމީ މި ފިލްމް ގިނަ ބަޔަކަށް ކަމުދިޔަ ކަމުގެ ހެއްކެކެވެ.

މި އަހަރަކީ ދިވެހި ސިނަމާއަށް އެންމެ ބާރު ބޮޑު އަހަރެވެ. ފުލުފުލުގައި ފިލްމުތައް ދައްކަމުން އަންނައިރު ގިނަ ބަޔަކު އަދިވެސް ގަބޫލުކުރާ ގޮތުގައި "އިލްޒާމް" އަކީ މި އަހަރު އޮލިމްޕަހުގެ ބޮޑު ސްކްރީންގައި ދެއްކި އެންމެ ރީތި ފިލްމުތަކުގެ ތެރޭ ގުނާލެވޭ ފިލްމެކެވެ.

ޔޫއްޕެ ޕްރޮޑަކްޝަނުން ޑައިރެކްޓްކޮށް، ދެކެދެކެވެސް ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމް ރާއްޖެތެރޭގެ އިތުރުން ރިސޯޓުތަކުގައި ވެސް އަޅުވާފައިވެ އެވެ.

މި ފިލްމަކީ ދިވެހި މުޖުތަމައުން ފެނިގެންދާ އާއިލީ ގިނަ މައްސަލަތަކާއި، މުޖުތަމައުގައި ފަހަކަށް އައިސް ކަން ހިނގަމުންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެކެވެ. ހާއްސަކޮށް، ދަރިންނާއި މައިންބަފައިންނާ ދެމެދުގައި އުފެދޭ ގުޅުންތަކާއި، ނާޒުކު ހާލަތްތަކުގައި ގޮތް ނިންމަން ޖެހޭ ކަންކަން މި ފިލްމުން ފެނިގެންދެއެވެ.

މި ފިލްމްގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ހިމެނެ އެވެ. އެގޮތުން، އަހުމަދު ނިމާލް، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު [ދަރާ] ޔޫސުފް ޝަފީއު ]ޔޫއްޕެ]، ޖުމައްޔިލް ނިމާލް، އާމިރާ އިސްމާއިލް، އަޙްމަދު ސައީދު، މުހައްމަދު ފައިސަލްގެ މުހިއްމު ރޯލްތަކެއް މި ފިލްމުން ފެނިގެން ދިޔައެވެ.

މީގެ އިތުރުން މިހާރު އަރަމުން އަންނަ ތަރިން ކަމަށްވާ މަރިޔަމް ޝިފާ، ޝަހީދާ އަހްމަދް[ޑޯރާ]، ލައިޝާ ލަތީފް (ލައި)މި ފިލްމުން ފެނިގެން ގޮސްފައިވާއިރު، މި ފިލްމުގައި ޝިފާ އަދި ލައި ދައްކުވައިދީފައިވާ މޮޅު އެކްޓަށް ޕްރިމިއާ ޝޯ ބެލި ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ކޮމެންޓް

team

ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނަން: ރައީސް

8 މިނިޓު ކުރިން
team

ރަސްމާލެ މަޝްރޫއު: މުޅިއެކު 215 ހެކްޓަރުގެ ބިން ހިއްކައިފި

7 ގަޑިއިރު ކުރިން
team

ދެ ލޯބިވެރިންގެ މެދުގައި ޒުވާބު ހިންގައި ވަޅި ހަރައިފި

11 ގަޑިއިރު ކުރިން
team

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވައިލައްވައިފި

13 ގަޑިއިރު ކުރިން
team

ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީއަކަށް ޝަހީދު އައްޔަން ކޮށްފި

1 ދުވަސް ކުރިން
team

ތަހުގީގު އޮފިސަރާ ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފި

1 ދުވަސް ކުރިން
team

ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭ ގޮތަށް ހަދަނީ

1 ދުވަސް ކުރިން
team

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފަހި ބަދަލުތަކެއް

1 ދުވަސް ކުރިން
team

ފަޒުލް ރަޝީދުއަށް ދައުވާ ނުކުރަން ނިންމައިފި

1 ދުވަސް ކުރިން
team

55 ކައުންސިލް އިދާރާގެ މަސައްކަތް ޖޫނަށް ނިންމަނީ

1 ދުވަސް ކުރިން
team

އެމްޑީޕީން ފުލެޓު އަތުލާފައިވާ ފަރާތްތަކަށް މި ސަރުކާރުން ފުލެޓު ދޭނެ: ރައީސް

2 ދުވަސް ކުރިން
team

ރައީސް ގެ މަސައްކަތް ބެލެނިވެރިން ބަލައިގަންނަނީ އުފަލާ އެކު: ސިނާން

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy