ކޭޖީއެމް ބަލާލުމުގެ ފަހު ފުރުސަތު މި މަހުގެ 17،18،19 ގައި އޮލިމްޕަހުން ލިބެގެން ދާނެއެވެ. މިހާރުވެސް ފިލްމްގެ އެތައް ޝޯތަކެއް ހައުސްފުލް ވުމާއެކީ ފިލްމްގެ އިތުރު ދަންވަރު ޝޯތަކެއްވެސް ވަނީ އަޅުވާފައެވެ.
ސެޓާން ސްޓޫޑިއޯއާއި ޝައި ޕްރޮޑަކަޝަން ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް) އަށް ގިނަ ބައެއްގެ ތަރުހީބު ލިބެއްޖެ އެވެ.
"ކޮސް ގިނަ މިސްޓޭކް" ވެފައި ވަނީ މި އަހަރު އޮލިމްޕަހުގައި ރަހަތަފާތު ކޮށްލި ފިލްމަކަށެވެ. ލޯބީގެ އިތުރުން ހިތްދަތި ކަމާއި، އިޖުތިމާއީ ފިލްމުތަކަށް ފަހު ބެލުންތެރިން ހެއްވާލާ މަޖާ ފިލްމެއްގެ ގޮތުގައި ކޮސް ގިނަ މިސްޓޭކް އޮލިމްޕަސް ސިނަމާއަށް މި އައީ ބޮޑު ތަފާތަކާ އެކީގަ އެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ވާހަކައަކަށް އުފެއްދި މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރު އަދި ކުޅަދާނަ ޑައިރެކްޓަރު އަލީ ސީޒަން އެވެ. މި ފިލްމަކީ މި ފަހުގެ ތާރީހެއްގައި ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއް ފިލްމަކުން ފެނުނު އެއް ފިލްމު ވެސް މެ އެވެ.
އެ ގޮތުން، ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ސީޒަން، އާމިނަތު ރިޝްފާ، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، އަލީ އާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަންގެ އިތުރުން ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.
ކޮމެންޓް