“ކޭޖީއެމް” އެފެކްޓް އަވަަލައިފިއޭ މި ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ކޭޖީއެމް ބަލާ އެންމެންވެސް އެއްގޮތަކަށް އުޅޭތަން ފެންނާތީއެވެ. ވަކިން ހާއްސަކޮށް އައްޒަ އާއި ރިޝްފާގެ ކެރެކްޓާ ކޮޕީ ކުރާ މީހުން ގިނައެވެ.
ކޮސްގިނަ މިސްޓޭކްގަައި އައްޒަ އަދި ރިޝްފާ ދައްކުވާދީފަވާ ރޯލަކީ ތަފާތު މަޖާ ރޯލެކެވެ. ފިލްގައި، ވާހަކަ ދެއްކުމުގަ އަދި އުޅޭއުޅުމުގަވެސް މި ދެ މީހުން އުޅެނީ ވަރަށް “ޑްރާމާ” ބޮޑުލޮށެވެ. އަޖައިބަކީ ދެ މީހުންގެ ހަރާކާތްތަކާ ބުނާ އެއްޗިހި އަދި އުޅުން ވައްތަރުމެވެ.
އައްޒަ އަދި ރިޝްފާއަކީ ނިމާލްގެ ހުންނަ ހަމައެކަނި ދެ ދަރިންނެވެ. މި ދެ ކުދިންނަކީ ވަރަށް ބައްޕަގެ ބަސްއަހާ ކިޔަމަންތެރި ދެކުދިންނެވެ. ނަމަވެސް މި ދެ ކުދިންގެ ކަމަކީ އަބަދުވެސް އެކިއެކި ފިލްމްތައް ބަލާ އޭގައި އުޅޭގޮތްގޮތައް އުޅުމެވެ.
ފިލްމް ބަލާފައި ބެލުންތެރިންނަށްވެސް މި ދެމީހުން އުޅޭއުޅުމާ ބަސްމަގާ އަދި ހަރަކާތްތައް ދަސްނުވާ ވަރެއް ނޫނެވެ.
ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކަޝަން ގުޅިގެން އުފައްދާފައިވާ "ކޮސްގިނަ މިސްޓޭކް" ވެގެން މި ދިޔައީ ތަފާތު ފިލްމަކަށެވެ. ފިލްމްގަ ދައްކުވާދީފައިވާ ހުރިހާ ކެރެކްޓާއަކީވެސް ހެއްވާ މަޖާ ކެރެކްޓާތަކެކެވެ،
މި ފިލްމު "ކޮސްގިނަ މިސްޓޭކް" އަކީ މިހާތަނަށް އެންމެ ގިނަ ތަރީން ހިމަނައިގެން އުފައްދާފައިވާ އެއް ފިލްމެވެ.
ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ވާހަކައަކަށް އުފެއްދި މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރު އަދި ކުޅަދާނަ ޑައިރެކްޓަރު އަލީ ސީޒަން އެވެ.
ފިލްމްގެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ސީޒަން، އާމިނަތު ރިޝްފާ، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، އަލީ އާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަންގެ އިތުރުން ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.
ކޮމެންޓް