މުޙައްމާ، ރައީސް ޑރ މުޙައްމަދު މުޢިއްޒާއެކު
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ ދެ މެމްބަރުކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ (ޓީވީ މުއާ) އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފިއެވެ.
މުޙައްމާ ފާހަގަ ކުރެވިފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ރައީސް ޑރ މުޙައްމަދު މުޢިއްޒު އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި މުޙައްމާ ހިމެނެއެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު މިއަދާ ހަމައަށް އައިއިރުވެސް ސަރުކާރުގެ އެއްވެސް މަޤާމަކަށް މުޙައްމާ ޢައްޔަންކޮށްފައިނުވި ނަމަވެސް މި ސަރުކާރު ދިފާޢު ކުރުމަށާއި، ސިޔާސީ ކަންކަމުގައި ރައީސްއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުޙައްމާ ވަނީ ސާބިތުކަން ދައްކުވައިދީފައެވެ.
ބްރޯޑްކޮމްގެ މެމްބަރުންގެ ތެރެއިން ދައުރު ހަމަވެފައިވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއި މެމްބަރު އަލީ ޔޫސުފްގެއެވެ.
މިހާރު ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިއްބެވި މެމްބަރުންނަކީ:ނައިބު ރައީސް މުހައްމަދު ފަޒީން
މެންބަރު އާމިނަތު އަމީނާ
މެންބަރު ޝިފްލާ އިބްރާހިމް
މެންބަރު ސަފާ ޝަފީޤް
މެންބަރު އާމިނަތު ނުޒުހާ
ކޮމެންޓް