ޕީޕީއެމްގެ ނައިބު ރައީސްކަމަށް ހަލީލް

--

ޕީޕީއެމްގެ ނައިބު ރައީސްކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު އައްޔަންކޮށްފި އެވެ.

ހަލީލް މި މަގާމަށް އައްޔަން ކުރީ މިއަދު ބޭއްވި ޕީޕީއެމްގެ ކުއްލި ސެނެޓް ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް އައްޔަން ކުރަން ވެސް ނިންމާފަ އެވެ.

މި ދެ ބޭފުޅުން މި މަގާމުތަކަށް އައްޔަން ކުރެއްވީ ސެނެޓްގެ އަޣުލަބިއްޔަތުންނެވެ.

ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި ދެން ތިއްބަވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އެވެ.

ޕީޕީއެމް މިހާރު މަސައްކަތް ކުރަމުން އަންނަނީ ޕީއެންސީއާއެކު ކޯލިޝަނެއްގެ ތެރެއިންނެވެ. އެ ކޯލިޝަނުގެ އެންމެ އިސް ލީޑަރުގެ މަގާމުގައި ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ޕީޕީއެމްގެ ހަރަކާތްތައް ވަރަށް ބޮޑަށް މަދުވެފައިވާއިރު، ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް ވުމަށް ޕީއެންސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy